ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESMED/416/2017/63
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 03 އޮކްޓޫބަރު 2017 14:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިކަމުގެ އެހެނިހެން މަސައްކަތަށް މަޒާ ގޭ އުތުރުން ދޫކޮށްފައިވާ ބިމުގައި ހުރި ރުއްތަކުގެ ވެރިފަރާތެއް ހޯދުމާއި ބެހޭ

މަސްވެރިކަމުގެ އެހެނިހެން މަސައްކަތަށް މަޒާ ގޭ އުތުރުން

ދޫކޮށްފައިވާ ބިމުގައި ހުރި ރުއްތަކުގެ ވެރިފަރާތެއް ހޯދުމާއި ބެހޭ

              ގދ. މަޑަވެލި މަޒާ ކިޔާ ބަންޑާރަ ގޯތީގެ އުތުރުން މަސްކައްކާ ހިއްކުމާއި، މަސް ގުދަންކުރުމާއި، މަހުގެ ވިޔަފާރިކުރުމަށް "ދަގާރޑް" އަށް ދޫކުރެވިފައިވާ ބިމުގައި ހުރި 01 އިން 12 އަށް ނަންބަރު ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތް ހޯދަން ބޭނުންވެއްޖެއެވެ.

   ވީމާ، މިރުއްތަކުގެ ވެރިފަރާތްތަކުން 03 އޮކްޓޯބަރ 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ރުއްތަކުގައި ޖަހާފައިވާ ނަންބަރާއެކު މިކައުންސިލަށް ލިޔުމަކުން ހުށަހެޅުމަށް ދަންނަވަމެވެ.

   ދެންނެވިފައިވާ މުއްދަތު ހަމަވާއިރު އެއްވެސް ފަރާތަކުން ރުކުގެ ވެރިފަރާތް ކަމަށް ކައުންސިލަށް ހުށަހަޅާފައި ނުވާ ރުކެއް ވާނަމަ އެރުކަކީ އެއްވެސް ފަރާތެއްގެ ރުކެއް ނޫންކަމަށް ބަލައި ރުއް ނަގައި ނައްތާލެވޭނެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 ސެޕްޓެންބަރު 2017