ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)179-3.2/1/2017/12
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 09:49
ސުންގަޑި: 15 އޮކްޓޫބަރު 2017 11:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
Assistant Manager/Gr1 - CEO's Bureau

ވަޒީފާގެ ފުރުޞަތު

މި އޮތޯރިޓީއަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

މަޤާމް:  އެސިސްޓެންޓް މެނޭޖަރ، ގްރޭޑް 1 / ސީ.އީ.އޯ. ބިއުރޯ

ބޭނުންވާ އަދަދު : 01 (އެކެއް)

އަސާސީ މުސާރަ/ މަހަކު : 8,500ރުފިޔާ

ފިކްސްޑް އެލަވަންސް/ މަހަކު:5,000ރުފިޔާ

ޢިނާޔަތް:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.  

މަޤާމުގެ ޝަރުޠު:

-          އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ، ޤާނޫނީ ދާއިރާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީ ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކެޕިޓަލް މާރކެޓް ރެގިއުލޭޓަރީ އޮތޯރިޓީ، ނުވަތަ ސްޓޮކް އެކްސްޗޭންޖް ނުވަތަ ރާއްޖެއާއި، ރާއްޖެއިން ބޭރުގައި މިބާވަތުގެ މަސައްކަތްކުރާ ތަނެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ނުވަތަ:

-           އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކެޕިޓަލް މާރކެޓް ރެގިއުލޭޓަރީ އޮތޯރިޓީ، ނުވަތަ ސްޓޮކް އެކްސްޗޭންޖް ނުވަތަ ރާއްޖެއާއި، ރާއްޖެއިން ބޭރުގައި މިބާވަތުގެ މަސައްކަތްކުރާ ތަނެއްގައި 6 އަހަރުދުވަހު  މަސައްކަތްކޮށް، މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 

 

އެހެނިހެން ޝަރުޠު:

-          ޝަރީޢާގެ ދާއިރާ އިން ތަޢުލީމު ޙާޞިލުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

-          މުޢާމަލާތުކުރުމުގެ ހުނަރާއި، ކަންކަން ރާވައި ހިންގުމުގެ ހުނަރާއި އަދި މައްސަލަ ޙައްލުކުރުމާއި ނިންމުންތައް ނިންމުމުގެ ހުނަރު.

މަޤާމުގެ މަސްއޫލިއްޔަތު:

-          މާކެޓް ރެގިއުލޭޝަން އަދި މާކެޓް ތަރައްޤީކުރުމުގެ މަސައްކަތް

-          ޤާނޫނީ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

-          އެޕްލިކޭޝަން ފޯމު

-          ކަރިކިއުލަމް ވިޓާ (ސީވީ)

-          ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ

-          ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

-          ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުމެއް.

-          ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްގެ އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ސީ.އެމް.ޑީ.އޭ ގެ ވަޒީފާއަށް ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން

މުއްދަތު:

-          މިވަޒީފާއަށް ހޮވޭ ފަރާތް ދާއިމީ މުވައްޒަފެއްގެ ގޮތުގައި ހަމަޖެއްސޭނީ، 3 މަސްދުވަހުގެ ޕްރޮބޭޝަނަކަށްފަހު މަސައްކަތަށް ރަނގަޅުނަމައެވެ.

ނޯޓު:

-          އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

-          މިމަޤާމަށް މުވައްޒަފަކު ހޮވާނީ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.

-          ވަޒީފާއަށް ހޮވޭފަރާތުން މެޑިކަލް ރިޕޯޓް ހުށަހަޅަންވާނެއެވެ.

-          މިމަޤާމަށް ހޮވޭ ފަރާތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ) ހުށަހަޅަންވާނެއެވެ.

-          މިމަޤާމަށް މީހަކު ހޮވުމުން، ވަޒީފާ ހަމަޖެހުމުގެ ކުރިން މެޑިކަލް ރިޕޯޓް ހުށަހަޅަން ވާނެއެވެ. އަދި ވަޒީފާއަށް ހޮވާނީ، ކުށުގެރެކޯޑް ބަލާ ފޯމު ފުރުމަށްފަހު، ވޭތުވެދިޔަ  5  އަހަރު ދުވަހު ކުށުގެ ރެކޯޑެއް ނެތްނަމައެވެ.

-          މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 އޮކްޓޯބަރ 2017 ވާ އާދީއްތަ ދުވަހުގެ 11:00 ގެކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވަޒީފާއަށް އެދި، ތިރީގައިވާ އެޑްރެހަށް ސިޓީ ނުވަތަ ފޯމް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް މިއޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. 

 

އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ

އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3014105، ފެކްސް:3336624 

އީމެއިލް: [email protected]  ވެބްސައިޓް: www.cmda.gov.mv

06 މުޙައްރަމް   1439

 26 ސެޕްޓެމްބަރު 2017

 

27 ސެޕްޓެންބަރު 2017