ދިވެހިރާއްޖެ
މިކުންފުނިން ދައްކާ ނަމޫނާއާއި އެއްގޮަތަށް ކަރުދާސް ފޮށިތަކެއް ހައްދައިދޭނެ ފަރާތެއް ހޯދުން
މިކުންފުނިން ދައްކާ ނަމޫނާއާއި އެއްގޮތަށް ކަރުދާސް ފޮށިތަކެއް ހައްދައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު ADMHR-MPL/2017/153 ޢިއުލާން، ޓެކްނިކަލް ސަބަބުތަކެއް ހުރުމާއެކު ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ މި މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 01 އޮކްޓޯބަރ 2017ވާ އާދިއްތަ ދުވަހުގެ 14:30އަށް ޕޯސްޓް ބިލްޑިންގ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 05 އޮކްޓޯބަރ 2017ވާ ބުރާސްފަތި ދުވަހުގެ 14:00އަށް ޕޯސްޓް ބިލްޑިންގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޟިރުވެ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
.
06 މުޙައްރަމު 1439
26 ސެޕްޓެމްބަރ 2017