ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS1/1/2017/216
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:14
ސުންގަޑި: 26 އޮކްޓޫބަރު 2017 00:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލެ ލޯކަލް މާރުކޭޓު، ދަތުރުވެރިންގެ މާރުކޭޓު ގޮޅިތައް އަދި މާލެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ގާޑިޔާ ތަކާއި ގުޅޭ

މިހާރަކަށް އައިސް މާލެ ލޯކަލް މާރުކޭޓު، ދަތުރުވެރިންގެ މާރުކޭޓު ގޮޅިތައް އަދި މާލެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ގާޑިޔާ ތަކުގައި ބިދޭސީން ސޭޓުންގެ ގޮތުގައި ތިބޭކަން ވަނީ މި މިނިސްޓްރީއަށް ފާހަގަ ކުރެވިފައެވެ.

މިކަމަކީ މި މިނިސްޓްރީއާއި ސުރުޙީގައި ބަޔާން ކޮށްފައިވާ ތަންތަން ކުއްޔަށް ހިފާފައިވާ ފަރާތްތަކާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ 3.6 ވަނަ މާއްދާއާއި ޚިލާފުކަމެކެވެ. އަދި "ވަޒީފާ އަދާ ކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ގަވާއިދު" ނަންބަރު 2011/R-22ގެ ދަށުންވެސް މަނާކަމެކެވެ.

އަދި މީގެ އިތުރުން މާލެ ލޯކަލް މާރުކޭޓު، ދަތުރުވެރިންގެ މާރުކޭޓު ގޮޅިތައް އަދި މާލެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ގާޑިޔާ ތަކުގެ ތެރެއިން ބައެއް ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ނުވަތަ އެނޫންވެސް ބޭނުމަށް ދޫކޮށްފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ. މިކަމަކީވެސް ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކާއި އެކު ވެފައިވާ އެއްބަސްވުމުގެ 4.4 ވަނަ މާއްދާއާއި ޚިލާފުކަމެކެވެ.

ވީމާ، މަތީގައިވާ ކަންކަން މިއަދުން ފެށިގެން 2 ދުވަސްތެރޭގައި އިސްލާޙް ކުރަން އަންގަމެވެ. މިކަންކަން އިސްލާޙް ނުކުރާ ފަރާތްތަކާއިމެދު "މާރުކޭޓުތަކުގެ ގޮޅިތަކާއި ގާޑިޔާތައް ކުއްޔަށް ދިނުމާބެހޭ އުސޫލު"ގެ ދަށުން އަންނަނިވި ފިޔަވަޅުތައް އެޅޭނެއެވެ.

  1. އުސޫލުގެ 14 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ފަދައިން މި އުސޫލުގެދަށުން ކުއްޔަށް ދޫކުރި ތަނެއް، އިތުރު ފަރާތަކަށް ކުއްޔަށް ދޫކޮށްފިނަމަ، އެފަރާތެއް -/5،000.00 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމަށްފަހު، ކުއްޔަށް ދޫކޮށްފައިވާ ފަރާތުގެ ކިބައިން، ކުއްޔަށް ދޫކޮށްފައިވާ ތަން މިނިސްޓްރީއަށް ނެގޭނެއެވެ.
  2. އުސޫލުގެ 20 ވަނަ މާއްދާގެ (ހ) އަދި (ށ)ގައި ބަޔާންކޮށްފައިވާ ފަދައިން މި އުސޫލުގެ މާއްދާއަކާ ޚިލާފުވެއްޖެނަމަ، އެފަރާތެއް -/5،000.00 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކޮށް، އެކަން ރަނގަޅުކުރުމަށް އަންގާ، އެކަމެއް ރަނގަޅުނުކޮށްފިނަމަ، އެއްބަސްވުން އުވާލައި، ކުއްޔަށް ދޫކޮށްފައިވާ ތަން މިނިސްޓްރީގެ ބެލުމުގެދަށަށް ގެނެވޭނެއެވެ.
26 ސެޕްޓެންބަރު 2017