މަސައްކަތް
ނަންބަރު: (IUL)22-PU/1/2017/308
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 05 އޮކްޓޫބަރު 2017 13:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސ. ހިތަދޫގައި ހުރި ނޫރާނީ ސްކޫލްގައި މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އިންޓަރނޭޝަނަލް ސްކޫލެއް ހިންގާ ބެލެހެއްޓުމުގެ ބީލަން ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

 

މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ސ. ހިތަދޫގައި ޢިމާރާތް ކޮށްފައިވާ  ނޫރާނީ ސްކޫލް ހިންގަމުންދާ ޢިމާރާތުގައި، މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އިންޓަރނޭޝަނަލް ސްކޫލެއް ހިންގައި ބަލަހައްޓައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުމަށް އިޢުލާނުކުރަމެވެ.

ވީމާ، މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މިނިސްޓްރީ އިން ބީލަންފޮތް ބައްލަވައިގެންނެވުމަށްފަހު 29 އޮކްޓޯބަރ 2017 ވާ އާދިއްތަ ދުވަހުގެ 14:00 އަށް ވެލާނާގޭ 9 ވަނަ ފަންގިފިލާގައި ހުންނަ މި މިނިސްޓްރީގެ މީޓިންގރޫމް1 އަށް ވަޑައިގެން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބީލަން ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ޕްރީބިޑް މީޓިންގ 09 އޮކްޓޯބަރ 2017 ވާ ހޯމަ ދުވަހުގެ 14:00 ގައި ވެލާނާގޭ 9 ވަނަ ފަންގިފިލާގައި ހުންނަ މީޓިންގ ރޫމް 1 ގައި އޮންނާނެއެވެ.

" ސ.ހިތަދޫގައި ޢިމާރާތް ކުރެވިފައިވާ ނޫރާނީ ސްކޫލްގައި މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އިންޓަރނޭޝަނަލް ސްކޫލެއް ހިންގައި ބެލެހެއްޓުމުގެ ބީލަންފޮތް" 01 އޮކްޓޯބަރ 2017 އިން 05 އޮކްޓޯބަރ 2017 ވަނަ ދުވަހުގެ 13:00 ގެނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު 10:00 އިން 13:00 އަށް  މި މިނިސްޓްރީގެ ފައިނޭންސް ސެކްޝަން (ވެލާނާގެ 08 ވަނަ ފަންގިފިލާ) އިން ލިބިވަޑައި ގަންނަވާނެ އެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ބީލަމެވެ. ބީލަން ފޮތެއް ލިބެން ހުންނާނީ  -/250 ރުފިޔާ އަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341133 ނަންބަރު ފޯނާއެވެ

26 ސެޕްޓެންބަރު 2017