ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-C/30/2017/139
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:33
ސުންގަޑި: 02 އޮކްޓޫބަރު 2017 11:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހަޅުއްވުމުގެ ދައުވަތު

އަންދާސީ ހިސާބު ހުށަހަޅުއްވުމުގެ ދައުވަތު

މިނިސްޓްރީއަށް ސާރވާރ އެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު އިއުލާނާއި (IUL)30-C/30/2017/129) ގުޅިގެން އެއްވެސް ފަރާތަކުން  އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީވެ މިއިއުލާން ބާތިްކޮށް، އަލުން ތިރީގައި ބާޔަން ކުރެވިފައިވާ ސްޕެސިފިކޭޝަން އާއި އެއްގޮތައް ސާރވާރ ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލެމެވެ.

  1. Dell PowerEdge T130 Server
  2. Apc Smart Ups 3000VA

Specification

Item

Number of Unit

Dell™ PowerEdge™ T130 Server

Chipset: Intel C236

Intel Xeon E3-1220 v5 3.0GHz, 8M cache, 4C/4T, turbo (80W)

2 x 1TB 7.2K RPM SATA 3Gbps 3.5in Cabled Hard Drive

8GB UDIMM, 2133MT/s, ECC Memory

PERC H330 Integrated RAID Controller

Standard Heat Sink for PE T130

Front USB: 1 x USB 2.0 plus 1 x USB 3.0

On-Board LOM 1GBE Dual Port (BCM5720 GbE LOM)

PERC H330 RAID Controller LED Cable

DVD+/-RW SATA Internal

8 total USB: • Rear USB: 2 x USB 3.0 plus 4 x USB 2.0

RAID 1, H330/H730 for SAS/SATA

OS : With OS (Windows Server 2016 Essential)

 

-      

Dell™ PowerEdge™ T130 Server

 

1

 

APC Smart UPS 3000VA

1

  

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

ށ. ހުށަހަޅާ ފަރާތާއި ބެހޭ ޕްރޮފައިލް.

ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ އަދި ޓެކްސް ކްލިއަރެންސްހުށަހަޅަންވާނެވެ.

ރ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަން ނުޖެހޭ ފަރާތްތަކުން ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރަން ނުޖެހޭކަން ބަޔާންކޮށް މީރާއިން ދޫކުރާ ލިޔުން ހުށަހަޅަންވާނެއެވެ.

ބ. އިމާރާތްކުރުން ނުވަތަ މަރާމާތުކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ރަޖިސްޓްރީކުރިކަމުގެ ލިޔުން.

ޅ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭގޮތަށެވ

 

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 70 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު * 70 )
  • މުއްދަތަށް  20 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު * 20 )
  • ތަޖުރިބާއަށް 10 ޕޮއިންޓް (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

 

 ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 02 އޮކްޓޯބަރ 2017 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތީރިގައި މިދަންނަވާ ގޮތައް އެޑްރެސްކޮށްފައެވެ.

 

ސަސްޓެއިންނަބަލް ފިޝަރީޒް މެނޭޖްމަންޓް ޕްރޮޖެކްޓް،

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211 ނުވަތަ 3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

26 ސެޕްޓެންބަރު 2017