ދިވެހިރާއްޖެ
މަޤާމް :ޕަރމަނަންޓް ސެކްރެޓަރީ | |
---|---|
ބޭނުންވާ އަދަދު :1 | |
އިޢުލާން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވައިލުން ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މިނިސްޓްރީ އޮފް އެޑިއުކޭޝަން އަށް ޕަރމަނަންޓް ސެކްރެޓަރީއަކު ހަމަޖެއްސުމަށްޓަކައި، މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ކުރިމަތިލެއްވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވައިލަމެވެ. ކޮމިޝަނުން އެކުލަވައިލާ އުސޫލެއްގެ ދަށުން، މި މަޤާމަށް ހޮވޭ ފަރާތް، މަޤާމުގެ މުއްދަތުގައި އެއް އޮފީހުން އަނެއް އޮފީހަށް ދައުރުކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ. ޕަރމަނަންޓް ސެކްރެޓަރީގެ މަސްއޫލިއްޔަތާއި ޒިންމާއާއި، ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ޝަރުޠާއި، ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު މި ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv އިން ފެނިވަޑައިގަންނަވާނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ، ކޮމިޝަނުގެ ނަންބަރު 3307336 ފޯނަށް ގުޅުއްވުން އެދެމެވެ. މަގާމުގެ ޝަރުތު:
ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. މުސާރައާއި ޢިނާޔަތްތައް:
ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް: ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ބޭފުޅުން، ތިރީގައިމިވާ ލިޔުންތައް 2017 އޮކްޓޫބަރު 11 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މި ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) 7. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތު ބަޔާންކޮށް ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތާއި، މަސްޢޫލިއްޔަތާއި، މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތާއި، މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 9. ކުރިމަތިލައްވާ އޮފީހުގައި، ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަންމަ، ބައްޕަ، ދަރިއެއް، އަންބެއް، ފިރިއަކު، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް ނެތްކަން އަންގައިދޭ ލިޔުން. ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު އެ ކުރިމަތިލާ އޮފީހުގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު ވަޒީފާ ބަދަލުކުރުމަށް ނުވަތަ އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.
އިމްތިޙާނުކުރުމާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން ހުށަހެޅުން ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހަކު ހޮވުމަށް މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކަށް އިމްތިޙާން ދިނުމާއި، އިންޓަރވިއުއަކާއެކު ޕްރެޒެންޓޭޝަން ހުށަހެޅުން 2017 އޮކްޓޫބަރު 15 އާއި 2017 އޮކްޓޫބަރު 31 އާ ދެމެދު މާލޭގައި އޮންނާނެއެވެ. މި ތާރީޚަށް ބަދަލު އަތުވެއްޖެނަމަ އެކަން އަންގާނެ ވާހަކަ ދަންނަވެމެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން ހުށަހެޅުއްވުމަށް ހާޟިރުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުމަށްވެސް ދަންނަވަމެވެ. |