ދިވެހިރާއްޖެ
ނަންބަރު: FNK/A/IUL/2017/425
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.
މެނޭޖަރ |
މަޤާމް: |
(1) އެކެއް |
ބޭނުންވާ އަދަދު: |
ހެޑް އޮފީސް / ކ.މާލެ |
މަސައްކަތް ކުރަންޖެހޭ ތަން: |
ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓް / ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިންގ ސެކްޝަން |
ޑިޕާޓްމަންޓް: |
8000ރ، ( އަށްހާސް ރުފިޔާ ) |
މުސާރައާއި އިނާޔަތްތައް: |
މުސާރައިގެ %40 |
ސަރވިސް އެލަވަންސް: |
މުސާރައިގެ %20 |
ޙާޒިރީ އެލަވަންސް: |
މުސާރައިގެ %40 |
އިތުރުގަޑީގެ އެލަވަންސް: |
(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 02 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 9 (ނުވައެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ (ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 6 (ހައެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ (ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 (އަށެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ (ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 (ނުވައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން، (ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން |
ފެންވަރު ނުވަތަ ޝަރުތު: |
(ހ) ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށްޓަކައި އިތުރު ފުރުޞަތުތައް ހޯދުމަށް މަސައްކަތް ކުރުން (ށ) ކުންފުނި ޝައުގުވެރިވާ ފަދަ ބީލަން އަދި އެފަދަ އެހެނިހެން އިޢުލާންތައް ގެޒެޓްގައި ޝާޢިޢުކުރެވިފައިވޭތޯ ގަވާއިދުން ބަލާ ޗެކް ކުރުން އަދި ކުންފުންޏަށް ފައިދާ ލިބޭނެ އެފަދަ ވިޔަފާރިތަކުގައި ކުންފުނިން ބައިވެރިވެ ޕްރޮޕޯސަލްތައް ވީހާވެސް ޝައުގުވެރިވާ ފަދަ ގޮތަކަށް ހުށަހެޅުމާއި، ކުރުމުއްދަތުގެ މަޝްރޫޢުތަކަށް ކޯޓޭޝަން ތައްޔާރުކުރުން. (ނ) ހުށެހެޅޭ ޕްރޮޕޯސަލް ތަކުގެ ނެގޯޝިއޭޝަންތަކުގައި ކުންފުނީގެ ފަރާތުން ބައިވެރިވެ ބީލަން ހާސިލް ކުރުމަށް އަމަލީ ގޮތުން މަސައްކަތް ކުރުން. (ރ) ކުންފުންޏަށް ހަވާލު ކުރެވޭ އިންޖީނުގެތަކާއި އެހެނިހެން ޔޫޓިލިޓީގެ ޚިދުމަތްތައް ނެގުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރުމަށް އެހީތެރިކަން ދިނުން (ބ) ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެ ޕްރޮޖެކްޓްތަކަށް ބޭނުންވާ އިންވެސްޓްމެންޓް ހޯދުމަށްޓަކައި ތައްޔާރު ކުރަންޖެހޭ ޕްރެޒެންޓޭޝަންތައް ތައްޔާރު ކުރުމާއި ފިޒިބިލިޓީ ސްޓަޑީ ހެދުމާއި ޕިޗް ކުރުން. އަދި މީގެ އިތުރުން އެފަދަ މަޝްރޫޢުތައް ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރުން (ޅ) ޕޮޓެންޝިއަލް ކްލައަންޓްސް އާއި އީމެއިލް ނުވަތަ ފޯނުގެ ޒަރީޢާއިން ކޮންޓެކްޓް ކުރުމާއި އެފަރާތްތަކާއި އެކު ގުޅުން ބަދަހި ކޮށް މީޓީންގްސް ތައް އެރޭންޖްކުރުން. (ކ) ކުންފުނީގެ ބިޒްނަސް ޕްލޭން، ސްޓްރެޓެޖިކް ޕްލޭން އަދި އެކްޝަން ޕްލޭން އެކުލަވާލުމުގައި އެހީތެރިވުން އަދި އިމްޕްލިމެންޓް ކުރުން އަދި މަގްޞަދްތައް ހާޞިލްވޭތޯ މޮނީޓަރ ކުރުން. (އ) މަސްޢޫލިޔަތުތައް އިތުރަށް ފުރިހަމަ ކުރުމަށް އަދި ދާއިރާ ތަރައްގީ ކުރުމަށް ދިރާސާ ކޮށް މަޢުލޫމާތު ހޯދުމުގައި އެހީތެރިވެދިނުން. (ވ) ކުންފުނީގެ ތަސައްވަރު ރަނގަޅުކޮށް ކުންފުނީގެ ޚިދުމަތްތަކާއި، ވިޔަފާރިތަކަށް ކުރާ އިތުބާރު އިތުރުކުރުމަށް މާރކެޓިންގ ޕްލޭންއެއް އެކުލަވާލައި، އެ ޕްލޭންއާއި އެއްގޮތަށް މަސައްކަތް ކުރެވޭތޯ ބަލައި މޮނިޓަރކުރުން. (މ) ކުންފުނިން ހިންގިދާނެ ޕްރޮމޯޝަންތަކާއި، ޕަބްލިކް ރިލޭޝަން އިވެންޓްތަކުގެ މައުލޫމާތު މެނޭޖްމެންޓަށް ހުށަހަޅާ މަޝްވަރާކޮށް އަދި މިފަދަ ކަންކަން ހިންގުން. (ފ) ކުންފުނިން ޚިދުމަތް ދެވޭ ހުރިހާ ދާއިރާ އެއްގެ މާރކެޓަށް އަންނަ ބަދަލުތައް ދެނެގަނެވޭނެ ގޮތްތަކެއް އެކަށައަޅައި، މާރކެޓް ޓްރެންޑް ދެނެގަތުމާއި، އަދި މާރކެޓަށް އަންނަ ބަދަލާއި ގުޅިގެން ކުންފުނީގެ މެނޭޖްމެންޓަށް ލަފާދިނުން. (ދ) ކުންފުނި އިޝްތިހާރުކުރާނެ ގޮތްތަކެއް ރާވައި، އިޝްތިހާރުތައް ތައްޔާރުކުރުން. (ތ) ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ކުރިއެރުވިދާނެ ގޮތްތައް ހޯދައި، މާރކެޓްކުރުމަށް ޕްލޭންތައް ތައްޔާރުކުރުމާއި އިމްޕްލިމެންޓް ކުރުން (ލ) ކުންފުނީގެ ޕަބްލިކް އިމޭޖް ރަނގަޅުކުރުމަށް ޕްލޭންތައް ތައްޔާރުކޮށް، ޕްލޭންއާއި އެއް ގޮތަށް މަސައްކަތް ކުރުން. |
މަޤާމުގެ މަސްޢޫލިއްޔަތު: |
މެނޭޖަރ |
މަޤާމް: |
(1) އެކެއް |
ބޭނުންވާ އަދަދު: |
ހެޑް އޮފީސް / ކ.މާލެ |
މަސައްކަތް ކުރަންޖެހޭ ތަން: |
ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓް / ސޭލްސް އެންޑް ސާވިސް ސެންޓަރ |
ޑިޕާޓްމަންޓް: |
8000ރ، ( އަށްހާސް ރުފިޔާ ) |
މުސާރައާއި އިނާޔަތްތައް: |
މުސާރައިގެ %40 |
ސަރވިސް އެލަވަންސް: |
މުސާރައިގެ %20 |
ޙާޒިރީ އެލަވަންސް: |
މުސާރައިގެ %40 |
އިތުރުގަޑީގެ އެލަވަންސް: |
(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 02 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 9 (ނުވައެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ (ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 6 (ހައެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ (ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 (އަށެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ (ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 (ނުވައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން، (ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން |
ފެންވަރު ނުވަތަ ޝަރުތު: |
(ހ) ކުންފުނިން ވިއްކިދާނެ މުދަލުގެ ބާވަތްތަކާއި ބެހޭގޮތުން މެނޭޖްމެންޓާއި، އިސްވެރިންނާ މަޝްވަރާކޮށް، އެފަދަ މުދާ ކުންފުނިން ވިއްކާނެ ގޮތްތަށް ކަނޑައެޅުން. (ށ) ކުންފުނިން މުދާ ވިއްކާނެ ސޭލްސް އައުޓްލެޓްތައް ޤާއިމްކުރާނެ ރަށްތައް ސާވޭ ކުރުމަށްފަހު މެނޭޖްމެންޓްގެ މަޝްވަރާއާއިއެކު ރަށްތައް ކަނޑައަޅާ، ސޭލްސް ސެންޓަރތައް ޤާއިމްކޮށް ހިންގުން. (ނ) ސޭލްސް ސެންޓަރ ތެރޭގައި ކުރެވޭ ހުރިހާ މަސައްކަތްތައް ހިންގާނެ ގޮތުގެ ތަފްޞީލު އޮޕަރޭޓިންގ މެނުއަލްއެއް ހަދާ ހިނގާ ގޮތް ޤަވާއިދުން ބެލެހެއްޓުން. (ރ) ސޭލްސް ސެންޓަރު އަދި ސާވިސް ސެންޓަރުގައި ދިމާވާ އެކިއެކި މައްސަލަތަށް ސޭލްސް ސެންޓަރ ބަލަހައްޓަވާ ބޭފުޅެއްގެ ސަމާލުކަމަށް ގެނައުމާއިއެކު، އަވަސް ހައްލަކަށް މަޝްވަރާކުރުން. (ބ) ސާވިސް ސެންޓަރ އަދި ސޭލްސް ސެންޓަރަށް ބޭނުންވާ މުދާ ހުސްނުވެ ޤަވާއިދުން ލިބެން ހުންނާނެ ގޮތަކަށް އިންތިޒާމް ކުރުމުގައި އެހީތެރިވެދިނުން. (ޅ) ސޭލްސް ސެންޓަރަށް ބޭނުންވާ މުދާ ރީ.އޯ.ޑާ ކުރުމަށްޓަކައި ހޯދަންޖެހޭ މައުލޫމާތުތައް އެއްކުރުމާއި ރީ.އޯ.ޑާ ކުރުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރަމުންގެންދޭތޯ ބަލައި ޗެކް ކުރުން. (ކ) ސޭލްސް ސެންޓަރަށް ގެނެވޭ މުދާ ރަނގަޅަށް ޗެކްކުރުމަށް ފަހު ޑެލިވަރީ ނޯޓުގައި މައްސަލައެއް ވާނަމަ ޕްރޮކިޔުމެންޓް ނުވަތަ ޓެންޑަރ ޑިޕާޓްމަންޓާއި ގުޅިގެން ހައްލު ކުރުމާއި، ގެނެވުނު މުދާތައް ސިސްޓަމަށް އަޅައި އަދި މުދަލުގެ އަގު ހެދުން. (އ) ސާވިސް ސެންޓަރާއި ސޭލްސް ސެންޓަރތައް އިޝްތިހާރު ކުރުމަށް މާރކެޓިންގ ޓީމާއި ގުޅިގެން މަސައްކަތްކުރުން. (ވ) ސާވިސް ސެންޓަރ އަދި ސޭލްސް ސެންޓަރުތަކުގެ ދުވަހުގެ ސޭލްސް ރިޕޯރޓްތަކާއި އިންވޮއިސްތައް ޤަވާޢިދުން ހޯދައި މޮނިޓަރކޮށް ބަލަހައްޓަމުންގެންދޭތޯ ބެލުން (މ) ސޭލްސް ސެންޓަރުތަކަށް ބޭނުންވާ ރަނގަޅު ފެންވަރުގެ މުދާ ހޯދުމަށް ޤަވާޢިދުން ކުރަން ޖެހޭ ރީސާޗް ކުރުމަށް، ރީސާޗް ޔުނިޓާއި ގުޅިގެން މަސައްކަތްކުރުން. (ފ) އަހަރަކު އެއްފަހަރު ސޭލްސް ސެންޓަރ އޮޑިޓްކޮށް ރަނގަޅު ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް ރިޕޯޓް ތައްޔާރުކުރޭތޯ ބެލުން އަދި ސޭލްސް ސެންޓަރުގެ އަހަރީ ހިސާބުތައް ބެލެހެއްޓަމުން ގެންދޭތޯ ބެލުން. (ދ) ސާރވިސް ސެންޓަރުގެ އިކުއިޕްމެންޓްތައް ޤަވާޢިދުން މެއިންޓެނެންސް ކުރާކަން ޔަޤީންކުރުން. (ތ) ސާރވިސް ސެންޓަރުގައި ހިންގޭނެ ޓެކްނިކަލް ތަމްރީންތަކުގެ މައުލޫމާތު ބްރާންޗްތަކާއި ހިއްސާކޮށް، ބްރާންޗްތަކުގެ ފަންނީ މުވައްޒަފުން ސާރވިސް ސެންޓަރުގައި ތަމްރީންކުރުން. (ލ) ހިއުމަން ރިސޯސަސް ޑިވޮލޮޕްމަންޓް ސެކްޝަނާއި ގުޅިގެން ކުންފުންޏާއި ގުޅުން ނެތް ފަރާތްތަކަށް ކަނޑައެޅޭ ފީއެއް ނެގުމަށްފަހު، ޓެކްނިކަލް ވޮކޭޝަނަލް ކޯސްތަކެއް ސާރވިސް ސެންޓަރުގައި ހިންގުން. |
މަޤާމުގެ މަސްޢޫލިއްޔަތު: |
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ 08:00 – 15:00 އަށް ލިބެންހުންނާނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 އޮކްޓޯބަރ 2017 އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
ވެބްސައިޓް: www.fenaka.com.mv
05 މުޙައްރަމް 1439
25 ސެޕްޓެމްބަރ 2017