މަޤާމުގެ މަސްއޫލިއްޔަތު:
|
- ހަވާލުކުރެވޭ ތާވަލެއްގައިވާ ގޮތުގެ މަތިން އޮފީސް ހުޅުވައި ލެއްޕުން.
- ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގައި، ހަމަޖެހިފައިވާ އުސޫލުން އެންޓްރީ ނަގައި، ކަމާބެހޭ ވެރިޔެއްގެ އަރިހަށް ގެންދިޔުން.
- މުވައްޒަފުންނަށް ވަޒީފާ ދިނުމާއި/ބަދަލުކުރުމާއި/ވަކިކުރުމުގެ ކަންތައް ޤައުމީ ޔުނިވަރސިޓީގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރުން.
- ފެކަލްޓީ/ސެންޓަރ/ކެމްޕަސްތަކުގެ ރަޖިސްޓްރީތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ހުސްވާ މަޤާމްތަކަށް އިޢުލާންކޮށް، އެ މަޤާމްތަކުގެ އިންޓަރވިއުގެ ކަންތައްތައް ޕްރޮސީޖާ މެނުއަލްގައިވާ ގޮތަށް ކުރުން.
- ބިދޭސީ މުވައްޒަފުން މާލެ އައުމުގެ އެންމެހައި ކަންތައްތައް ހަމަޖައްސައި، ގަވާއިދުން އެ މީހުންގެ ވާރކް ވިސާ ކާޑާއި ވިސާފީ ދެއްކުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
- މުވައްޒަފުންގެ ވަޒީފާއާ ގުޅިގެން ސެކްޝަނަށް ލިބޭ ސިޓީތަކުގެ ތެރެއިން ޖަވާބުދޭންޖެހޭ ސިޓީ ހުރިނަމަ، ވެރިޔެއްގެ މަޝްވަރާގެ މަތިން ކަމާބެހޭ ފަރާތަކަށް 3 ދުވަހުގެ ތެރޭގައި ވަގުތީ ޖަވާބެއްނަމަވެސް ދިނުން.
- ވަޒީފާދޭ މުވައްޒަފުންނާއި، ވަކިކުރާ މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި، އެމީހުންގެ މަޢުލޫމާތު ސެޕް ސިސްޓަމަށް އަޅުން.
- ވަޒީފާ ބަޔާންތައް ތައްޔާރުކޮށް، ކަމާބެހޭ މުވައްޒަފު ލައްވައި ސޮއިކުރުވައި، ވަޒީފާގެ ޗިޓްތައް ކަމާބެހޭ ސެކްޝަންތަކަށް ހަވާލުކޮށް، އެ ޗިޓްތައް ފައިލްކޮށް ބެލެހެއްޓުން.
- އަލަށް ވައްދާ މުވައްޒަފުންގެ މަޢުލޫމާތު، ހިޔުމަން ރިސޯސް ސިސްޓަމަށް އެންޓަރކޮށް، އެ މުވައްޒަފުންނަށް ކާޑު ހަދައިދިނުން.
- މުވައްޒަފުންގެ މަޢުލޫމާތު ފައިލް އަޕްޑޭޓްކޮށް، ޕްރޮބޭޝަން ފޯމުތައް ފުރުވުން.
- ގަވާއިދުން ޔައުމިއްޔާ ލިޔުމާއި، ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި، ސަލާމްބުނާ މުވައްޒަފެއް/އަހަރީ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތް، ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2017 އޮކްޓޫބަރު 02 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://mnu.edu.mv/wp-content/uploads/2016/10/Job-Application.pdf
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއް ނަމަ، އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނަށެވެ.
|