ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-AF/101/2017/6
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 04 އޮކްޓޫބަރު 2017 14:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އިން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީ ފުޅާކުރުމަށް ނުވަތަ ފެށުމަށް މާލީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ

އެސް.އެމް.އީ ލޯން ސްކީމްއަށް ޕްރޮޕޯސަލް ހުށައެޅުމަށް ދެވިފައިވާ އެންމެ ފަހު މުއްދަތަކީ 27 ސެޕްޓެމްބަރ 2017 ވާ ބުދަ ދުވަހެވެ. ނަމަވެސް، ގިނަ ރައްޔިތުން މި މުއްދަތު އިތުރުކޮށްދިނުމަށް އެދެމުންގެންދާތީ، އެސް.އެމް.އީ ލޯނަށް ޕްރޮޕޯސަލް ހުށައެޅުމަށް ދެވިފައިވާ މުއްދަތު 4 އޮކްޓޯބަރ 2017 ވާ ބުދަ ދުވަހުގެ  14:00ގެ ނިޔަލަށް އިތުރުކޮށް އެކަން އިޢުލާން ކުރީމެވެ.

‏05‏ މުޙައްރަމް‏ 1439

25 ސެޕްޓެންބަރު 2017