މަސައްކަތް
ނަންބަރު: (IUL)412/412/2017/17
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 12 އޮކްޓޫބަރު 2017 13:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮނޑޭ ފުޓްސަލް ދަނޑު ތަރައްޤީ ކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

                                                             ނަންބަރު: (IUL)412/412/2017/17

ކޮނޑޭ ފުޓްސަލް ދަނޑު ތަރައްޤީ ކުރާނެ ފަރާތެއް ހޯދުން:

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ކޮނޑޭ ފުޓްސަލް ދަނޑު ތަރައްޤީކުރާނެ ފަރާތެއް ހޯދަން ކުރެނު ނަންބަރު  (IUL)412/412/2017/16 އިޢުލާނާއި ގުޅިގެން އެކަށީގެންވާ މިންވަރަށް އަންދާސީ ހިސާބު ލިބިފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކު ތިރީގައި ބަޔާންކޮށްފައިވާ ތާރީޚަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ތިރީގައި ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

ބޭނުން

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފްކުރެއްވުމަށް

ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ

03 އޮކްޓޯބަރ 2017

އަންގާރަ

13:00

އަންދާސީ ހިސާބް ހުށަހެޅުއްވުމަށް

ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ

12 އޮކްޓޯބަރ 2017

ބުރާސްފަތި

13:00

މަޢުލޫމާތު ސާފްކުރެއްވުމަށް ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.  އަދި މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފް ކުރުމާއި، އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ޤާނޫނު ނަންބަރު (18/2014) ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރީ ތަކަށެވެ.

މަޢުލޫމާތު ސާފް ކުރެއްވުމަށާއި، އަންދާސީ ޙިސާބް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ތަމްސީލުކުރައްވާނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް ނުވަތަ ވިޔަފާރިއެއްކަން އެނގޭނެ ސިޓީއަކާއި، ތަމްޞީލް ކުރާ ކުންފުނި، އިންވެސްޓްމެންޓް ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ވަޑައިގަންނަވާފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ ނަންބަރު 6820019 އަށް ގުޅުއްވުން އެދެމެވެ.

                        05   މުޙައްރަމް   1439

 

25 ސެޕްޓެންބަރު 2017