މަސައްކަތް
ނަންބަރު: (IUL)305-CA305/305/2017/67
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 04 އޮކްޓޫބަރު 2017 11:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.މާކުރަތު ކައުންިސލްގެ ޕިކަޕް ގަރާޖް ހެދުން

 އިޢުލާން

ޕިކަޕް ގަރާޖް ހެދުން

މި އިދާރާގެ ނަންބަރ 64/2017/305/305(IUL) (18 ސެޕްޓެމްބަރ 2017) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުވެ ލައްވާފައި ނުވާތީ، އެއިއުލާނު ބާޠިލުކޮށް އަލުން އިޢުލާން ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. އަދި އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކަށް ޙާޟިރުވެ  މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

#

ތަން

ދުވަސް

ތާރީޚް

ގަޑި

މަޢުލޫމާތު ސާފުކުރުން

ރ.މާކުރަތު ކައުންސިލްގެ އިދާރާ

ބުރާސްފަތި

28 ސެޕްޓެމްބަރ 2017

11:00

އަންދާސީ ހިސާބު ހުށަހެޅުން

ރ.މާކުރަތު ކައުންސިލްގެ އިދާރާ

ބުދަ

04 އޮކްޓޯބަރ 2017

11:00

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުން އައިޑީކާޑް ގެންނަވަން ޖެހިލައްވާނެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް، ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލުކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ސިޓީއަކާއެކު ބަދަލުގައި ފޮނުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ސިޓީއާއެކު ހުށަހަޅަންވާނެއެވެ. މަޢުޅޫމާތު ސާފުކުރުމާއި ބިޑު ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިޘިއްޔަތަކުންނެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތަށް އެދި ހުށަހަޅާ އަންދާސީ ހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި "ޕިކަޕް ގަރާޖް ހެދުމުގެ މަސައްކަތް" މިހެން ލިޔެވިފައި އޮންނަންވާނެއެވެ. މީގެ އިތުރުން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް، ފޯނު ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެވިފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެ ކިޔުންތައް ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެއެވެ.

ހުށަހަޅަންވީ ތަކެތި

ހ. ކުންފުނި/ ނުވަތަ ވިޔަފާރީގެ މަޢުލޫމާތު ( ޕްރޮފައިލް / ރަޖިސްޓްރޭޝަން ސެޓްފިކެޓް)

ށ. ޖީއެސްޓީ ރެޖިސްޓްރޭޝަން ނުވަތަ ބީ.ޕީ.ޓީ ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ލިޔުމުގެ ކޮޕީ

ނ. ސީވީ އާއި އައިޑީކާޑުގެ ކޮޕީ

ރ. މަސައްކަތުގައި ފާއިތުވި 3 އަހަރު ދުވަހު ލިބިފައިވާ ތަޖުރިބާ (މިގޮތުން މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލޭނީ 2017 ގެ ސެޕްޓެމްބަރ 30 ހުން ފެށިގެން ފާއިތުވެ ދިޔަ 3 އަހަރުތެރޭ ކުރެވިފައިވާ މިބާވަތުގެ މަސައްކަތާއި ގުޅޭގޮތުން މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމިކަމުގެ ލިޔުމަށެވެ.) މިގޮތުން މާރކްސް ދެވޭނީ މަދުވެގެން 3 ލިޔުމަށެވެ.

 

އަންދާސީ ހިސާބުގައި ހިމަނަންވީ ބައިތައް

ހ. އަގު (އަގު ހުށަހަޅުއްވާނީ ބައިތަކުގެ އަގު ވަކިން، ޖުމުލަ އަގު އަދި ޖީ.އެސް.ޓީ އަގު ވަކިން އެނގޭ ގޮތަށެވެ.)

ށ. މަސައްކަތް ނިންމޭނެ މުއްދަތު

އަންދާސީ ހިސާބު އިވެލިއުއޭޓް ކުރެވޭނެ ގޮތް

ހ. އަގު : 80 ޕޮއިންޓް (އެންމެ ކުޑަ އަގު) / (ހުށަހެޅި އަގު) 80

ށ. މުއްދަތު : 10 ޕޮއިންޓް (އެންމެ ކުރު މުއްދަތު) / (ހުށަހެޅި މުއްދަތު) 10

ނ. މަސައްކަތުގެ ތަޖުރިބާ : 10 ޕޮއިންޓް (ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ލިޔުމުގެ ކޮޕީ)

ރ. ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 01 ލިޔުން : 2 ޕޮއިންޓް

ބ. ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 02 ލިޔުން : 4 ޕޮއިންޓް

ޅ. ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 03 ލިޔުން : 10 ޕޮއިންޓް

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

05  މުޙައްރަމް  1439

 25 ސެޕްޓެމްބަރ 2017

25 ސެޕްޓެންބަރު 2017