ޢާންމު މަޢުލޫމާތު
ނަންބަރު: GS-200/2017/20
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 10:06
ސުންގަޑި: 04 އޮކްޓޫބަރު 2017 00:00
މަދުރަސަތުއްސުލްޠާން މުޙަންމަދު/ގއ.ދެއްވަދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 ސުލްޠާން މުޙައްމަދު ސްކޫލް

ގއ.ދެއްވަދޫ

ދިވެހިރާއްޖެ

                                                       ނަމްބަރ: GS-200/2017/19

ވަޒީފާގެ ފުރުސަތު 

ރިލީފް ޓީޗަރ (ކޮންޓްރެކްޓް)

                  މި ސްކޫލްގެ ތިރީގައި މިވާ މަޤާމަށް މުވައްޒަފުން ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް: ރިލީފް ޓީޗަރ ޕްރައިމަރީ (ކޮންޓްރެކްޓް )

ބޭނުންވާ ޢަދަދު: 3 (ތިނެއް)

ވަޒީފާގެ މުއްދަތު: 09 އޮކްޓޯބަރ 2017 ން 2017 ދިރާސީ އަހަރުގެ ނިޔަލަށް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް އަދި ސެކްޝަން: ސުލްޠާން މުޙައްމަދު ސްކޫލް/ގއ.ދެއްވަދޫ/ އެކަޑަމިކް ސެކްޝަން

ގިންތި: ވަގުތީ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސިލަބަހާ އެއްގޮތްވާ ގޮތުގެ މަތިން ދަރިވަރުންނަށް ކިޔަވައިދިނުން.
  • ސްކޫލްގެ ވަސީލަތްތައް ފައިދާހުރިގޮތުގައި ބޭނުންކޮށްގެން ދަރިވަރުންގެ ކުރިއެރުމަށް މަސައްކަތްކުރުން.
  • ޓީޗަރެއްގެ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް އަދާކުރުން.
  • ފެންވަރާއި ހުނަރުގެގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން.
  • ކިޔަވައިދިނުމާއި ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރުވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.
  • މުޖްތަމަޢާއި ސްކޫލާއި ދެމެދު އޮންނަ ގުޅުން ބަދަހި ގުޅުމަކަށް ހެދުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޙަވާލުކުރެވޭ ތާވަލާ އެއްގޮތަށް ކުލާސްތަކަށް ހާޒިރުވެ، "ސްކީމް އޮފް ވާރކް" ގައިވާގޮތަށް، މަންހަޖުގައި ބަޔާންކުރެވިފައިވާ ކަންތައްތައް ދަރިވަރުންނަށް ހާސިލްކޮށްދިނުން.
  • ޓީޗަރެއްގެ ހައިސިއްޔަތުން ޙަވާލުކުރެވޭ އެންމެހާ ޒިންމާތައް އަދާކުރުން.
  • ފެންވަރާއި ހުނަރުގެ ގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން.
  • ކިޔަވައިދިނުމާއި ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.
  • ސްކޫލްގެ ދަރިވަރުންގެ އަޚުލާޤާއި، ސުލޫކާއި، ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.
  • ދިވެހި ސަރުކާރުގެ ޤަވާއިދުތަކާއި، ދިވެހި ސިވިލްސަރވިސްގެ ޤަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލްގެ ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

ޝަރުޠާއި މުސާރަ ހަމަޖެހިފައިވާ ގޮތް:

މަޤާމުގެ ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

ސާނަވީ ތަޢުލީމު ހާޞިލްކޮށްފައިވުން

މަހަކު -/4500 ރުފިޔާ

މަހަކު -/1500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމު ހާޞިލްކޮށްފައިވުން

މަހަކު -/5500 ރުފިޔާ

މަހަކު -/1500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާޞިލްކޮށްފައިވުން

މަހަކު -/6090 ރުފިޔާ

މަހަކު -/2500 ރުފިޔާ

މީގެ އިތުރުން، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-        ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު.

-        މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

-        މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލު ކަމުގެ ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދޭ މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-     ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް. (މި ފޯމް މި މަދުރަސާއިން ލިބިވަޑައި ގަންނަވާނެއެވެ.)

2-     އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.

3-     ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީއެއް.

4-     ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީ.

5-     ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

6-     ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި ވޯރކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީ.

ނޯޓު: ތަޖުރިބާގެ މުއްދަތު ގުނާނީ، ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: މި މަޤާމަށް ކުރިމަތިލާން ޝައުޤުވެރިވާ ފަރާތްތަކުން 04 އޮކްޓޯބަރ 2017(ބުދަ) ދުވަހުގެ ކުރިން މަތީގައި ބަޔާން ކުރެވިފައިވާ ތަކެތި ސުލްޠާން މުޙައްމަދު ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު:

-        މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާއި އިންޓަރވިއު ކުރުން އޮންނާނީ، 05 އޮކްޓޯބަރ 2017 އާއި 08 އޮކްޓޯބަރ 2017 އާއި ދެމެދުގެ ދުވަހެއްގައި ސުލްޠާން މުޙައްމަދު ސްކޫލް/ ގއ. ދެއްވަދޫ ގައެވެ.

ނޯޓް: މި އިޢުލާނާއި ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެމަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސަވައި ދެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅު ވެލައްވާ ފަރާތްތަކުން ސުލްޠާން މުޙައްމަދު ސްކޫލްގެ ނަމްބަރ 7983076 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި މި ސްކޫލްގެ މެއިލް އަށާއި، ފެކްސް އަށް ފޮނުވާ ލިޔުންތައް ޤަބޫލު ނުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                        05 މުޙައްރަމް     1439

                        25 އޮކްޓޯބަރ     2017       

25 ސެޕްޓެންބަރު 2017