ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)376/376/2017/30
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 09:07
ސުންގަޑި: 01 އޮކްޓޫބަރު 2017 12:30
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ބަނޑިދޫ ރައްޔިތުންގެ "މަލަ" ޢިމާރާތް ކުއްޔަށް ދިނުމާއި ގުޅޭ

މި އިދާރާގެ ނަމްބަރ:20/2017 /376/376 (IUL) އިޢުލާން ގައިވާ ދ. ބަނޑިދޫ ރައްޔިތުންގެ "މަލަ" ޢިމާރާތާއި، ގޯތި ކުއްޔަށް ހިފަން ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެންވާ އަގުތަކެއް ކަމުގައި ނުވާތީ  އާއި އަދި ކުއްޔަށް ދޫކުރާ މުއްދަތު އިތުރުކުރަން ބޭނުންވާތީ އެ އިޢުލާން ބާޠިލް ކޮށް އަލުން އެ ޢިމާރާތާއި ގޯތި  15 އަހަރު ދުވަހުގެ މުއްދަތައް އެންމެ ބޮޑު ކުއްޔެއް ހުށަހަޅާ ފަރާތަކަށް  ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

                  "މަލަ" ޢިމާރާތާއި ގޯތި ކުއްޔަށް ހިފަން ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 01 އޮކްޓޫބަރ 2017 ވާ އާދީއްތަ ދުވަހުގެ 12:30 ށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 އޮކްޓޫބަރ 2017 ވާ އާދީއްތަ ދުވަހުގެ12:30  ށް  ޕްރޮޕޯޝަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޝަލް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ސެޕްޓެންބަރު 2017