ދިވެހިރާއްޖެ
އިޢުލާން
ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓަށް ތިރީގައި މިދަންނަވާ ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެއެވެ.
01 ރައުންޑް ޓޭބަލް
04 ލޯބެކް ޗެއަރ (ރައުންޑް ޓޭބަލަށް)
20 ލޯބެކް ޗެއަރ (ކޮންފަރެންސް ޓޭބަލަށް)
01 ކަބަޑު ސެޓް
01 ކޮފީ ޓޭބަލް (އައުޓްޑޯ)
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 09 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 09 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
2017 ސެޕްޓެމްބަރ 28 ވަނަ ދުވަހުގެ 10:00 ށް |
2017 އޮކްޓޯބަރު 04 ވަނަ ދުވަހުގެ 10:00 ށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަމްބަރ ފޯނާއެވެ.