ތަމްރީނު
ނަންބަރު: MBA/IUL/2017/19
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 04 އޮކްޓޫބަރު 2017 00:00
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ކޯޗުންގެ ރިފުރެޝް ޕްރޮގްރާމް

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން ބާއްވާ ކޯޗުންގެ "ރިފުރެޝް" ޕްރޮގްރާމް މިފަށާ އޮކްޓޯބަރ މަހުގެ 1 އަދި 3 ވަނަ ދުވަހުގެރޭ 20:00 ގައި އެމް.އެން.އައި.އެސްގެ ސެމިނަރ ރޫމްގައި ބާއްވާ ގޮތައް ވަނީ ހަމަޖެހިފައެވެ. ކުރިއައްހުރި އެމް.ބީ.އޭ އިން ރާވާ ހިންގާ މުބާރާތްތަކުގައި ކޯޗު އަދި އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ބެންޗުގައި ހަރަކާތްތެރިވެވޭނީ މިޕްރޮގްރާމްގައި ބައިވެރިވެ ރިފުރެޝް ލިޔުން ހޯދާފައިވާ ކޯޗުންނައް އެކަނި ކަމައްވާތީ، 1 ނުވަތަ 3 އޮކްޓޯބަރުގެ ތެރެއިން ކޮންމެވެސް އެއް ރެއެއްގައި މިޕްރޮގުރާމްގައި މިއެސޯސިއޭޝަންގެ ހުރިހާ ކޯޗުން ބައިވެރިވުމަށް ދެންނެވީމެވެ.

23 ސެޕްޓެންބަރު 2017