ވަޒީފާގެ ފުރުޞަތު
ނަންބަރު: B17-SM/IUL/2017/02
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 02 އޮކްޓޫބަރު 2017 14:00
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
Enrolled Nurse

މަކުނުދޫ ޞިއްޙީ މަރުކަޒު

ހދ.މަކުނުދޫ     

ދިވެހިރާއްޖެ

            ނަންބަރު: B17-SM/IUL/2017/02

                  އިޢުލާން

 

މި ޞިއްޙީ މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ގާބިލް މީހެކެވެ.

މަގާމު

އެންރޯލްޑް ނަރސް

މަގާމުގެ ނަންބަރު:

J-290085

މަޤާމުގެ ގިންތި:

ދާއިމީ

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ރޭންކް:

 GS4

މަގާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން

ނާރސިންގ

މަޤާމް އޮތް އޮފީސް:

މަކުނުދޫ ޞިއްޙީ މަރުކަޒު / މިނިސްޓްރީ އޮފް ހެލްތް

ވަޒީފާ އަދާ ކުރަންޖެހޭ ތަން

މަކުނުދޫ ޞިއްޙީ މަރުކަޒު / ހދ.މަކުނުދޫ

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2500 ރުފިޔާ

އިތުރު ޢިނާޔަތްތައް:

1 . ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2 . ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3 . ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4 . ސިވިލް ސަރވިސްގެ ޤަވާއިދުގެމަތިން މަސައްކަތަށް ނުކުންނަ ކޮންމެދުވަހަކަށް ހަމަޖެހިފައި އޮންނަ އުސޫލުން ރިސްކް އެލަވަންސް.

5 . ބަންދު ދުވަސްތަކުގައި މަސައްކަތްކުރަން ޖެހިއްޖެނަމަ ސިވިލް ސަރވިސްގެ ޤަވާއިދުގެމަތިން ހަމަޖެހިފައި އޮންނަ އުސޫލުން ބަންދު ދުވަހުގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1) ނަރސިންގް ޑިޕާރޓްމަންޓްގެ އެންމެހާ މަސައްކަތްތައް އިސްކޮށް ހުންނަވާ ބޭފުޅެއްގެ އިރުޝާދުގެ ދަށުން ކުރުން.

2) ސިއްހީމަރުކަޒުން ފަރުވާ ހޯދުމަށްއަންނަ ފަރާތްތަކަށް ދޭންޖެހޭ ފަރުވާތަށް ދިނުމުގައި ހުރިހާ ޑިޕާޓްމަންތަކެއްގައި ( އޯޕީޑީ، ލޭބަރރޫމް، ޑްރެސިންގްރޫމް ) މަސައްކަތްކުރުން.

3) 5 އަހަރުން ދަށުގެ ކުދިން ބަރުދަން ބެލުމުގައި ޕަބްލިކް ހެލްތް ޔުނިޓުގައި މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދީ އެކަމުގައި  އަމަލީގޮތުން ބައިވެރިވުން.

4)  އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވުން.

6) އާސަންދައިގެ ދަށުން ހަދަންޖެހޭ ބިލްތައްހެދުމާއި އިންވޮއިސް ހެދުމުގައި ޢަމަލީގޮތުން ބައިވެރިވުން.

7) މެޑިކަލް ކޮންޒިއުމަބަލްސް، މެޝިނަރީޒް ފަދަ ތަކެތި ސްޓޮކަށް ބޭނުންވާނޭހެން ލަސްނުކޮށް ރިކުއެސްޓްކޮށް ތަކެތި ހޯދުން.

8) މެޑިކަލް ސްޓޮކް އަދި ކޮންޓްރޯލް ޑްރަގް ސްޓޮކް ބެލެހެއްޓުން.

9) ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ޖަވާބުދޭންޖެހޭ ލިޔުންތަކަށް ޖަވާބުދީ ފައިލްކުރުން.

10) ވެކްސިންދިނުމުގެ ކަންތައްތަކުގައި ޕަބްލިކް ހެލްތް ޔުނިޓުގެ މުވައްޒަފުންނަށް އެއްބާރުލުންދީ އެކަމުގައި  އަމަލީގޮތުން ބައިވެރިވުން.

11) ޕަބްލިކް ހެލްތް ޔުނިޓާއި ގުޅިގެން އާންމުން ހެލުންތެރިކުރުވުމުގެ ގޮތުން ހިންގޭ ޕްރޮގްރާމްތަކުގައި އަމަލީގޮތުން ބައިވެރިވުން.

12) ސިއްހީ ގޮތުން ފާހަގަ ކުރެވޭ އެކިއެކި ދުވަސްތައް ފާހަގަ ކުރުމުގައި އަމަލީގޮތުން ބައިވެރިވުން.

13) އޯޕީޑީ، އައި.ޕީ.ޑީ އަދި އެހެނިހެން ޙިދުމަތްދޭ ފަރާތްތިކުގެ ރެކޯޑްސްތައް ފުރިހަމަކުރުމާއި ފައިލްކޮށް ބެލެހެއްޓުން.

14) ބަލިމީހާއާއި ޑޮކްޓަރާދެމެދު ހިތްހަމަޖެހޭ ރަނގަޅު މާހައުލެއް ގާއިމްކޮށްދިނުން.

15) ދިމާވާ ބައެއް ހާލަތްތަކުގައި ތަރުޖަމާކޮށްދިނުން.

16) ކްލިނިކަލް އޭރިޔާ ތަކުގައި ބޭނުންކުރެވޭ އިކްއިޕްމަންޓްސް، މެޝިނަރީޒް އަދި ފަރުނީޗަރު ފަރުވާތެރިކަމާއެކު ބެލެހެއްޓުން.

17) ރިފާރކުރެވޭ ބަލިމީހުންނާއެކު ދާންޖެހޭ ޙާލަތްތަކުގައި ދިޔުން.

18) ނަރުހުންގެ ފަރާތުން ބަލިމީހާއަށްދޭ ފަރުވާއާއި، ޙިދުމަތްދެމުންދާނީ ހެދިފައިވާ ޕްރޮޓޮކޯލްތަކައި، ޤަވާއިދާ އެއްގޮތަށްތޯ ބަލައި އެގޮތްތަކަށް އަމަލުކުރަމުން ގެންދިޔުން.

19) ދިމާވާ އެމެޖެންސީ ހާލަތްތަކުގައި ޞިއްޙީ މަރުކަޒުގެ އިންޗާޖަށް އެހީތެރިވުން.

20) މަރުކަޒުގެ ފަރާތުން ހިންގޭ ތަފާތު ޚަރަކާތްތަކުގައި މަރުކަޒުގެ ފަރާތުން އަންގާގޮތެއްގެ މަތިން ބައިވެރިވުން.

މަޤާމުގެ ޝަރުތުތައް:

ސަރުކާރު ގަބޫލުކުރާ އިންސްޓިޓިއުޓެއްގައި ނާރސް އެއިޑް ކޯސް ފުރިހަމަކޮށްފައިވުން ނުވަތަ އެޑްވާންސް ސެޓްފިކެޓް އިން ނާރސިންގ ކޯސް ފުރިހަމަކޮށް، ސެޓްފިކެޓް ހާސިލްކޮށްފައިވުން. 

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށައަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒިފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓު ތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒިފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މަކުނުދޫ ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް  www.csc.gov.mv (http://www.csc.gov.mv/) އިން ވަޒީފާއަށް އެދޭ ފޯރމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2 އޮކްޓޯބަރ 2017 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މަކުނުދޫ ޞިއްޙީ މަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރހަކީ [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މިޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 5 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހު މަކުނުދޫ ޞިއްޙީ މަރުކަޒުގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 ވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

%30 ( ތިރީސް އިންސައްތަ)

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520094 ނަންބަރު ފޯނާއެވެ. އީ- މެއިލް ކުރާނީ [email protected]   އަށެވެ.

 

                                      04 މުޙައްރަމް 1439

                                      24 ސެޕްޓެމްބަރ 2017                              

                                           

24 ސެޕްޓެންބަރު 2017