ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)242/242/2017/26
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި: 04 އޮކްޓޫބަރު 2017 12:00
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ނަންބަރު: (IUL)242/242/2017/26

އިޢުލާން

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު  ބޭނުންވެއްޖެއެވެ

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

J-230268

މަޤާމުގެ ނަންބަރު:

1 (އެކެއް)

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ޖީ. އެސް. 3

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

އެޓޯލް ޑިވެލޮޕްމަންޓް ސަރވިސް

ސެކްޝަން:

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

މަޤާމް އޮތް އޮފީސް:

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ، ގދ.ތިނަދޫ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަހަކު -/4465ރ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

މުސާރަ:

-/1500ރ (ފަނަރަސަތޭކަ ރުފިޔާ)

ސަރވިސް އެލެވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

އިތުރު ޢިނާޔަތްތައް:

  1. ކަނޑުގައި ދުއްވާ އުޅަނދު ފަހަރު ރަޖިސްޓްރީ ކުރުމަށް ކުރަންޖެހޭ ސާރވޭ ކުރުން
  2. ކަނޑު އުޅަނދު ފަހަރުގެ ރަޖިސްޓްރީ ހެއްދުން
  3. ކަނޑުގައި ދުއްވާ އުޅަނދު ފަހަރު ސާރވޭ ކޮށް، ސަލާމަތީ ސެޓްފިކެޓް، ޕަސިންޖަރުންގެ ސެޓްފިކެޓް، ބަރުމަރުކާ ސެޓްފިކެޓް ހެއްދުން.
  4. ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ހެއްދުން
  5. އޮޑީނަންބަރަށް އެދި ހުށަހަޅާފަރާތްތަކަށް އޮޑީނަންބަރު ދޫކުރުން.
  6. މެރިޓައިމްގެ މަސައްކަތްތަކާގުޅިގެން ކުރެވޭ މަސައްކަތްތައް މަހަކު އެއްފަހަރު ރިޕޯޓް ތައްޔާރުކޮށް ޓްރާންސްޕޯޓް އޮތޯރިޓީ އަށް ފޮނުވުން.
  7. ކަނޑުލައިސަންސް ހެއްދުމަށް އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކުރުން
  8. ޕްރޮކިއުމަންޓްގެ އެންމެހާ މަސައްކަތް ކުރުމާއި، އެކިއެކި ދަތުރު ހަމަޖެއްސުން
  9. ސެކްޝަނުން ކުރަމުންގެންދާ މަސައްކަތްތަކުގައި އެހީތެރިކިން ފޯރުކޮށްދިނުން
  10. ކައުންސިލް އިދާރާ ހުޅުވާ ލެއްޕުން
  11. ކައުންސިލުން ކުރާ ރަސްމީ ދަތުރުތަކުގައި ބައިވެރިވުން.
  12. ކައުންސިލް އިދަރާގެ މުވައްޒަފެއް ޗުއްޓީ ނަންގަވައިފިނަމަ އެމުވައްޒަފެއްގެ މަސައްކަތް ހަވާލުކޮށްފިނަމަ އެމުވައްޒަފެއްގެ ވަޒިފާ ބަޔާނުގައި ހުރި ކަންތައް ކުރުން
  13. އޮފީހުން ކުރިއަށް ގެންދާ  ޚާއްސަ މަސައްކަތުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމަންޓް / ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-      ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި ' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

ވަޒީފާއަށް އެންމެ ޤާބިލުމީހާ ހޮވުމުގައި ބަލާނީ ސިވިލް ސަރވިސްގެ ވަޒީފާ ތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް 01 އޭޕްރިލް 2013 ގައިވާ ގޮތުގެމަތިން ތިރީގައިއެވާ ކަންތައްތަކަށެވެ.

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް ޕޮއިންޓް ދިނުން.
  2. ލިބިފައިވާ މަސައްކަތުގެ ތަޖްރިބާއަށް ޕޮއިންޓް ދިނުން.
  3. ލިބިފައިވާ މަސައްކަތުގެ ހުނަރަށް (ޤާބިލް ކަމަށް ކަށަވަރު ކުރުމަށް އިންޓަރވިއު ކޮށްގެން) ޕޮއިންޓް ދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 އޮކްޓޯބަރ 04 ވާ ބުދަދުވަހުގެ ދުވަހުގެ 12:00 ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 އޮކްޓޯބަރ 08 އާއި 2017 އޮކްޓޯބަރ 12 އާ ދެމެދު، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 (ދިހައެއް) އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 (ދިހައެއް) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

%30 (ތިރީސް އިންސައްތަ)

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6841032 ނަންބަރު ފޯނާއިއެވެ. އީމެއިލް އެޑްރެހަކީ [email protected]  އެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 

 

04 މުޙައްރަމް 1438

24 ސެޕްޓެމްބަރ 2017

 

24 ސެޕްޓެންބަރު 2017