ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)30-A4/30/2017/ 136
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 12:27
ސުންގަޑި: 27 ސެޕްޓެންބަރު 2017 13:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު

"މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް"

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގޭ "މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް" އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރަމަށް ގާއިމު ކުރެވޭ ޕްރޮޖެކްޓު މެނޭޖުމަންޓް ޔުނިޓަށްތިރީގައި ބަޔާންކުރެވިފައިވާ  މަޤާމަށް ޝައުގެވެރިވާފަރާތްތައް "ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު" މިމިނިސްޓްރީއިން ހުޅުވައިލަމެވެ.

 

މަޤާމް:                    ޑާޓާ އެންޓްރީ އެސިސްޓެންޓް

ގިންތި:                   3 އަހަރުގެ ކޮންޓްރެކްޓް (ހަފްތާއަކު 20 ގަޑީއިރު ގެ މަސައްކަތް)

ބޭނުންވާ ޢަދަދު:              1

މުސާރާ:                  4300 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:       މެރިން ރިސާރޗް ސެންޓަރު ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މަޤާމުގެ ޝަރުތު:             ބޭސިކް ކޮމްޕިއުޓަރ ޕްރޮގްރާމްތައް އެގުން އަދި މައިކްރޮސޮފްޓް އެކްސަލްއަށް އަހުލުވެރިވެފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

ރާއްޖޭގެ ތަފާތު ސަރަޙައްދުތަކުގައި ޕްރޮޖެކްޓުން ގާއިމު ކުރެވިފައިވާ ކަނޑުމަހުގެ ސާމްޕްލަރުން ނަގާ މަހުގެ ދިގުމިނުގެ ހިސާބުތައް ކޮމްޕައިލް ކުރުން. އަދި މައްލޫމާތުތައް އެންޓަރ ކުރެވިފައިވަނީ ރަނގަޅައްތޯ ބަލާ ޗެކްކުރުން

 

މަޤާމް:                    ޕްރޮޖެކްޓް އެސިސްޓެންޓް

ގިންތި:                   ކޮންޓްރެކްޓް (3 އަހަރު)

ބޭނުންވާ  ޢަދަދު:              1

މުސާރާ:                  9250 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:        މިނިސްޓްރީ، ޕްރޮޖްކްޓްގެ މަސައްކަތްތައް ހިންގޭ ރަށްތަކުގައި

މަޤާމުގެ ޝަރުތު:            މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖެގެ އޮނިގަނޑު ލެވެލްގެ 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް:މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު (ޓަރމްސް އޮފް ރެފެރެންސް) މިއިޢުލާނާއި އެކު އެޓޭޗްކުރެވިފައިވާނެއެވެ.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

މި މަޤާމްއަށް ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މި މަޤާމަތަކަށް އެދިލައްވާ ފަރާތްތަކުން 27 ސެޕްޓެމްބަރ 2017 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

 

28  ޛުލްޙިއްޖާ  1438

19 ސެޕްޓެންބަރު 2017