ދިވެހިރާއްޖެ
އިޢުލާނު
ވަޒީފާގެ ފުރުޞަތު:
މަޤާމް: މުނިސިޕަލް ސަރވީސް އޮފިސަރ
މަޤާމުގެ ނަމްބަރ: J-290764
ބޭނުންވާ ޢަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެމް އެސް 1
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
ސެކްޝަން: މުނިސިޕަލް ސަރވީސް
މަޤާމުއޮތް އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ވަޒީފާ އަދާކުރަންޖެހޭ ތަން: މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
މުސާރަ: މަހަކު 5610.00 ރ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)
ސަރވީސް އެލަވަންސް: މަހަކު 2000.00 ރ (ދެހާސް ރުފިޔާ)
އިތުރު ޢިނާޔަތްތައް: 1. ސިވިލް ސަރވީސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
3. ސިވިލް ސަރވީސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
1. ބަނދަރާއި ބަނދަރުމަތި ބެލެހެއްޓުން
- މިއިދާރާ އާއި މިއިދާރާގެ ބެލުމުގެ ދަށުގައި ހުންނަ ޢިމާރާތްތަކުގެ މެއިންޓެނަންސްގެ ކަންކަން ބެލެހެއްޓުން
- މަގުމަތީ ބައްތިތަކާއި ބަނދަރު ބައްތިތަކުގެ މަރާމާތާއި ނުދިއްލި ހުންނަ ބައްތިތައް ބަލައި އެކަންކަން ރަނގަޅު ކުރުވުން
- ފުޓުބޯޅަ ދަނޑާއި އެސަރަޙައްދުގައި ހުރި ކުޅިވަރުކުޅޭ ތަންތަނާއި ތަކެތި އަދި ބޯޅަގޭގެ މަރާމާތާއި މެއިންޓެނަންސްގެ ކަންކަން ބަލައި، އެކަންކަން ކައުންސިލަރުންގެ މަޝްވަރާގެ މަތިން ކުރުން
- ކުލަބް ޖަމްޢިއްޔާ ތަކުގެ ކަންކަން ބަލަހައްޓައި ކުލަބް ޖަމްޢިއްޔާ ތަކުގެ ދަފްތަރު ބެލެހެއްޓުން
- ފުޓުބޯޅަ ދަނޑާއި ކުޅިވަރުކުޅޭ ތަންތަނާއި ތަކެތި، ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށްއެދޭ ފަރާތް ތަކަށް ދޫކުރުން
- އޮޑި ދޯނިފަހަރު ބަނުމަށް ހޯދަންޖެހޭ އޮޑީ ނަމްބަރ ހޯދައި ދިނުން
- ހޮޓާ، ކެފޭ ރެސްޓޯރެންޓް ތައް ބަލައި ޗެކްކޮށް، ސާފުތާހިރު ކަމުގެ ސެޓްފިކެޓް ހަދައި ދިނުން
- އޮޑި ދޯނިފަހަރު ބަލައި ޗެކްކޮށް، ސާފު ތާހިރު ކަމުގެ ސެޓްފިކެޓް ހަދައި ދިނުން، ފަސިންޖަރުން އުފުލުމުގެ ސެޓްފިކެޓް، ބަރުމަރުކައިގެ ސެޓްފިކެޓް، ސަލާމަތީ ސެޓްފިކެޓް ހަދައި ދިނުން
- އެއްގަމު އުޅަނދު ފަހަރާއި ކަނޑު އުޅަނދު ފަހރުގެ ދަފްތަރު ބެލެހެއްޓުން
- ރަށުގައި ޤަވާޢިދާއި ޚިލާފަށް އަޅާފައި ހުންނަ ތަންތަންބަލައި ފާހަގަކޮށް ކައުންސިލަރުންގެ ސަމާލު ކަމަށް ގެނެސް ކައުންސިލްގެ މަޝްވަރާގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
- ބިދޭސީންގެ ދަފްތަރު އެލަވައިލާ ބެލެހެއްޓުން
- ބިދޭސީންގެ ކަންކަން ބަލައި ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ކަންކަން ކައުންސިލްގެ ސަމާލުކަމަށް ގެނެސް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
- ރައްޔިތުންގެ މަސްދޯނީގެ ކަންކަން ބެލެހެއްޓުން
- ކުލީރުއްތަކުގެ ރަޖިސްޓްރީއެއް ހަދައި، ރުއްތައް ކުއްޔަށް ދޫކުރުމުގެ ކަންކަން ކުރުން
- ކުލީ ބިންތަކުގެ ރަޖިސްޓްރީއެއް ހަދައި، ކުލީބިން ދޫކުރުމުގެ ކަންކަން ކުރުން
- ދިރިއުޅުމަށް ދޫކުރާ ތަންތަނާއި އެނޫން ބޭނުންތަކަށް ދޫކުރާ ތަންތަނުގެ އިންވަކިކޮށްދީ ރަޖިސްޓްރީ ހަދައިދިނުން
- ރަށުގެ ތަރައްޤީ އަށް ކުރާމަސައްކަތް ތަކާއި އޮފީހުގައިކުރާ ބޮޑެތި މަސައްކަތް ތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން
މަޤާމުގެ ޝަރުތުތައް: 1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2. މަގާމުގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނދުތަކުގެ އޮނިގަނޑުގެ ލެވެލް5 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.
ނުވަތަ
3. މަގާމުގެ މސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން
- ކޮމްޕިއުޓަރގެ މަސައްކަތް ރަނގަޅަށް ދަންނަ މީހެއް ކަމުގައިވުން
- އޮޑި ދޯނިފަހަރު ޗެކް ކުރުމަށް ދޯނިފަހަރަށް ގޮސް އަރައި އުޅެވޭނެ މީހެއް ކަމުގައިވުން
- ޙާސިލް ކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
- ޤާބިލްކަން
- ކަށަވަރު ކުރުމަށް އިންޓަރވިއު ކުރުން
ހުށަހަޅަންޖެހޭ ލިއުންތައް:
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމް
- ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެފޯނު ނަމްބަރާއި އީ މެއިލް އެޑްރެސް ހިމެނޭގޮތައް)
- ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް
- ސިވިލް ސަރވިސް އަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ
- ފުރިހަމަ ކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
- ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނުން ފާސްވިކަން އަންގައި ދިނުމުގެ ގޮތުން ސިވިލް ސަރވީސް ޓްރެއިނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ސިވިލް ސަރވީސްއިން ބޭރުގެ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތަކާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
ވަޒީފާއަށްއެދޭ ފޯމް ރ. ދުވާފަރު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވީސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މިފޯމް ޑައުންލޯޑް ކުރެވޭނެއެވެ. މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 އޮކްޓޯބަރ 2017 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ރ. ދުވާފަރު ކައުންސިލްގެ އިދާރާ އަށެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.
އިންޓަރވިއު އޮންނާނެ ތަނާއި ސުންގަޑި:
މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު ކުރުން އޮންނާނީ، 2017 އޮކޓޯބަރ މަހުގެ ތެރޭގައި ރ. ދުވާފަރު ކައުންސިލްގެ އިދާރާ ގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލައްވައި ފަރާތްތަކުން އެތާރީޚް ތަކުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
ޝޯރޓް ލިސްޓް ކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: |
%30 (ތިރީސް އިންސައްތަ) |
އިތުރު މަޢުލޫމާތު ހޯދުން:
މި ވަޒީފާއަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާގެ ނަމްބަރ: 6582701 ފޯނާއި ގުޅުއްވުން އެދެމެވެ.
29 ޛުލްޙިއްޖާ 1438
20 ސެޕްޓެމްބަރ 2017