ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)NAH-A-AD/NAH/2017/13
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 02 އޮކްޓޫބަރު 2017 12:00
ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނ.އަތޮޅު ހޮސްޕިޓަލްގެ ލޯންޑްރީ އެސިސްޓެންޓް ވަޒީފާއަށް މުވައްޒަފަކު ހޯދުމަށް

މަޤާމް :ނ.އަތޮޅު ހޮސްޕިޓަލްގެ ލޯންޑްރީ އެސިސްޓެންޓް
ބޭނުންވާ އަދަދު :1

މިހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

މަގާމު

ލޯންޑްރީ އެސިސްޓެންޓް

މަޤާމުގެ ނަންބަރު

J-255915

ބޭނުންވާޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް 1

މަޤާމުގެ ކްލިސިފިކޭޝަން

ސަޕޯޓްސްޓާފް ގްރޭޑް 1

ޑިވިޜަން/ ސެކްޝަން

އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަންރިސޯސް 

މަޤާމުގްއޮތް އޮފީސް

ނ.އަތޮޅު ހޮސްޕިޓަލް

ވަޒީފާ އަދާކުރަންޖެހޭތަން

ނ.އަތޮޅު ހޮސްޕިޓަލް

މުސާރަ

3100.00 ރުފިޔާ

ސަރވިސްއެލަވަންސް

1000.00 ރުފިޔާ

އިތުރުއިނާޔަތްތައް

1 ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

2 ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3 ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި،އެހެނިހެން އިނާޔަތްތައް

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ހޮސްޕިޓަލްގެ ވޯޑްތަކުގައި ބޭނުންކުރާ ބެޑްޝީޓްތަކާއި، ބާލީހު އުރަތައްފަދަ ތަކެތި ދޮވެއިސްތިރިކޮށް އެތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުން
  2. ހޮސްޕިޓަލަށް ޚިދުމަތް ހޯދަން އަންނަބަލިމީހުންނަށް އެހީތެރިކަން ފޯކޮށް އެމީހުންނާ އެހީތެރިވުން
  3. އެޑްމިޓްކުރެވިފައިވާ ބަލިމީހަކު ޑިސްޗާޖް ކުރެވިއްޖެނަމަ އެޑްޝީޓް ނަގާ އެނދު ކައިރީގައިހުންނަ އައިވީ ސްޓޭންޑް އަދި އެނދުކައިރީގައި ބެހެއްޓިފައިވާ ލޮކަރފަދަތަކެތި  ސާފުކޮށް ބެލެހެއްޓުން
  4. ނަރުހުންގެ މަސައްކަތުގައި ނަރުހުން އެދޭ މަސައްކަތްތައް ކުރުން
  5. ބަލިމީހުން ތިބޭ އެނދުތަކުގައި އަބަދުވެސް ބެޑްޝީޓްއެޅުމަށްފަހު އެނދުތައް ފޮޅާ ސާފުކުރުން
  6. ޑިއުޓީގަޑީގައި ހޮސްޕިޓަލްގެ ފާޚާނާތަކާއި، ޑްރެސިންގ ރޫމާއި، ބަލިމީހުން ބަލާ ކޮޓަރި ތައް ފޮޅާ ސާފުކޮށް އެތަންތަން ހަޑިވިޔަ ނުދީ ބެލެހެއްޓުން
  7. މީގެ އިތުރުންވެސް ވަޒީފާގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތަކުރުމާއި، މުވައްޒަފުން ބައިވެރިވެގެން ތަނުގައި ކުރެވޭ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން
  8. ބަލިމީހުންނާބެހޭ ގޮތުން ހިފަހައްޓަންޖެހޭ ސިއްރުތައް ހިފެހެއްޓުން

މަޤާމުގެ ޝަރުތުތައް

 

  1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން

 

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭފޯމް
  2. ވަޒީފާއަށްއެދޭފަރާތުގެވަނަވަރު(ގުޅޭނެފޯންނަންބަރާއި،އީ މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭފަރާތުގެދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތުހަމަނުވާ ކާޑުގެދެފުށުގެ ލިޔުންތައްފެންނަ އަދި ލިޔެފައިވާލިޔުންތައްކިޔަންއެނގޭފަދަކޮޕީއެއް
  4.  ސިވިލްސަރވިސްއަށް/ސަރުކާރަށްޚިދުމަތްކުރުމުގެއެއްބަސްވުމެއްއޮތްމުވައްޒަފުންކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން
  5. ލިބިފައިވާހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ)މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތައުލީމީސެޓްފިކެޓްތަކުގެ

ކޮޕީ(ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭމަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެޕްރޮގްރާމްތަކުގެފެންވަރުބައްލަވާފައިވާސެޓްފިކެޓްތަކާއި،ރާއްޖެއިންބޭރުގެމަތީތައުލީމުދޭ މަރުކަޒަކުންހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް

ނުވަތަކޯސްފުރިހަމަކުރިކަމުގެލިޔުމަކާއެކުކޯހުންލިބޭސެޓްފިކެޓްވަކިފެންވަރެއްގައި ގަބޫލުކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންއޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެކޮޕީ)

(ށ ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ

ރާއްޖޭގެޕްރޮގްރާމްތަކުގެސެޓްފިކެޓްތަކުގެކޮޕީ ނުވަތަ ކޯސްފުރިހަމަކުރިކަމުގެލިޔުމުގެކޮޕީ

(ނ)ސިވިލްސަރވިސްޓްރޭނިންގ އިންސްޓިއުޓުން ހިންގާ ކޯސްތަކުގެސެޓްފިކެޓްތަކުގެކޮޕީ

6 .ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެސެޓްފިކެޓްތަކުގެ ކޮޕީ

7 . ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާނުންފާސްވިކަންއަންގައިދިނުމުގެ ގޮތުންސިވިލްސަރވިސްޓްރޭނިންގ އިންސްޓިއުޓުންދޫކޮށްފައިވާސެޓްފިކެޓްގެކޮޕީ

8 . މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލްސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށްއެއޮފީހަކުން ދޫކޮށްފައިވާލިޔުން

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރި މުއްދަތާއި ކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެއަދަދުބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާލިޔުން

މަޤާމަށްއެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭފޯމް މިހޮސްޕިޓަލުން ލިބެން ހުންނާނެއެވެ. އަދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 އޮކްޓޯބަރ 2017 ހޯމަ ދުވަހުގެ 12.00 ކުރިން މިހޮސްޕިޓަލުގެ އިދާރީއޮފީހަށެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާތިލު ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސްލިބޭ10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށްބޭއްވޭ އިންޓަވިއު އޮންނާނީ 2017 އޮކްޓޯބަރ 03 ން އޮކްޓޯބަރ 15 އާދެމެދު ނ.އަތޮޅު ހޮސްޕިޓަލްގައެވެ މިވަޒީފާއަށް ކުރިމަތިލާފަރާތްތަކުން އެތާރީޚްތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާބަޔަކަށް އެންމެދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ

%25

އިތުރުމަޢުލޫމާތު

މިއިއުލާނާގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ރަސްމީގަޑީގައި  6560037 ނަންބަރު ފޯނާއެވެ. 

24 ސެޕްޓެންބަރު 2017