ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)240-CA/240/2017/42
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި:
05 އޮކްޓޫބަރު 2017 14:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކަނޑުގައިދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީއިމްތިޙާނު ދިނުމަށް އެގުޒަމިނަރަކު ހޯދުމަށް
ކަނޑުގައިދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީއިމްތިޙާނު ދިނުމަށް އެގުޒަމިނަރަކު ހޯދުމަށް ބޭނުންވެއްޖެއެެވެ.
ބޭނުންވާ ޢަދަދު 01 ( އެކެއް )
ޝަރުތު
- ލިޔަންކިޔަން އެގުން
- ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް (A,B,C,D,G) އޮތް މީހަކު ކަމުގައިވުން
- މިއިދާރާގެ މުވައްޒަފަކު ކަމުގައި ނުވުން
- ފާއިތުވި ފަސް އަހަރު ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން.( 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް ހުށަހަޅަންވާނެއެވެ.)
- ޑްރައިވިން ސްކޫލެއްގެ ޙިއްޞާ އޮންނަ ފަރާތެއްކަމުގައި ނުވުން.
ދުއްވުމުގެ އިމްތިހާނު އޮންނަދުވަހު ދުއްވާ ކޮންމެ ކެޓަގަރީއަކަށް -/10ރ (ދިހަރުފިޔާ) ގެއެލަވަންސެއް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 05 އޮކްޓޯބަރ 2017 ވަނަ ދުވަހު 14:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެވެމެވެ.
19 ސެޕްޓެންބަރު 2017