ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-PS2/138/2017/79
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:48
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
Rasrani Bageecha eki eki harakaai thakah kuyyah dhookurumaai behey

އިޢުލާން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެޑިއުޓެއިންމަންޓް އެންޑް ހެރިޓޭޖް ކޮންސެޕްޓަށް ތަރައްޤީ ކޮށްފައިވާ ފުރަތަމަ ޕާރކް "ރަސްރަނި ބަގީޗާ"، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާ މައިޒާން ތަކާއި ޕާކްތަކާއި ބީޗް ފަދަ ތަންތަނުގައި އެކި އެކި ހަރަކާތްތައް ބޭއްވުމަށް ކުއްޔަށް ދިނުމާއި ބެހޭ އުސޫލުގެ ދަށުން ރަސްރަނި ބަގީޗާގައި އެކި އެކި ހަރަކާތްތައް ބޭއްވުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކާއި އެ ސަރަހައްދުތަކުގައި މި ހަރަކާތްތައް ބޭއްވުމަށްޓަކައި މިތަންތަން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ. މިގޮތުން، ކުއްޔަށް ދެވޭނެ ތަންތަނާއި ބޭނުން އަދި ގަޑިއެއްގެ އިރަށްޖެހޭ އަގުތައް ތިރީގައި  ބަޔާން ކުރެވިފައި އެވަނީއެވެ.

1-      އެމްފިތިއޭޓަރ:

-           ވިޔަފާރީގެ ހަރަކާތްތަކަށް: ގަޑިއިރަކަށް 1000/-ރ (އެއްހާސް ރުފިޔާ)

-           އިޖްތިމާޢީ ހަރަކާތްތަކަށް: ގަޑިއިރަކަށް 500/-ރ (ފަސްސަތޭކަ ރުފިޔާ)

  • ކުޑަކުދިންގެ ހަވީރު އަދި ސްކޫލްތަކުންނާއި ޖަމްޢިއްޔާ ތަކުން ހިންގާ ކުޑަކުދިންގެ ހަރަކާތްތައް ބޭއްވުމަށް އެއްވެސް އަގެއް ނެތި ހިލޭ ދޫކުރެވޭނެއެވެ.

 

 

2-       ރަސްރަނި ވިއު: ފުރަތަމަ ފަންގިފިލާ

-           ވިޔަފާރީގެ ހަރަކާތްތަކަށް: ގަޑިއިރަކަށް 500/-ރ (ފަސްސަތޭކަ ރުފިޔާ)

-           ސަރުކާރު އޮފީސްތަކުން ބާއްވާ ބައްދަލުވުންތަކަށް: ގަޑިއިރަކަށް 300/-ރ (ތިންސަތޭކަ ރުފިޔާ)

-           އަމިއްލަ ފަރުދަކު ބާއްވާ ހަރަކާތަކަށް: ގަޑިއިރަކަށް 100/-ރ (ސަތޭކަ ރުފިޔާ)

  • ·         ކުޑަކުދިންގެ ޙަވީރު އަދި ސްކޫލްތަކުންނާއި ޖަމްޢިއްޔާ ތަކުން ހިންގާ ކުޑަކުދިންގެ ހަރަކާތްތައް ހިންގުމަށް އެއްވެސް އަގެއް ނެތި ހިލޭ ދޫކުރެވޭނެއެވެ.

 

3-        އުފަން ދުވަސް އަދި ކައިވެނި ޕާޓީ ފަދަ ހަފްލާއަކަށް ރަސްރަނި ބަގީޗާ އެއްކޮށް ގަޑިއިރަކަށް 25,000/-ރ (ފަންސަވީސް ހާސް ރުފިޔާ) އަށް ކުއްޔަށް ދޫކުރެވިދާނެއެވެ.

 

4-        އުފަންދުވަސް އަދި ކައިވެނި ޕާޓީ ފަދަ ހަފްލާއަކަށް ކޮންމެ ތަނެއް ވެސް ކުއްޔަށް ދޫކުރެވޭނީ ގިނަވެގެން މަހަކު 7 (ހަތެއް) ދުވަހުއެވެ. މީގެތެރޭގައި ބަންދު ދުވަސްތަކެއް ނުހިމެނޭނެއެވެ.

 

 

5-        މީގެ އިތުރުން ރަސްރަނި ބަގީޗާގެ އެކިބައިތައް ކަނޑައެޅޭ އަގެއްގައި ކުއްޔަށް ދޫކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

6-        އެއްވެސް ހަރަކާތަކަށް އެއްވެސް ތަނެއް ނެގޭނީ މަދުވެގެން 1 ގަޑިއިރަށެވެ. އަދި ގިނަވެގެން 5 ގަޑިއިރަށެވެ.

 

7-        ޕާރކްގައި ހައްދާފައިވާ ވިނަގަނޑުގައި އެއްވެސް ހަރަކާތެއް ނުހިންގޭނެއެވެ.

 

8-        ކުއްޔަށް ހިފުމަށްޓަކައި ދައްކަންޖެހޭ ޖުމްލަ ފައިސާގެ 50 ޕަސަންޓް، ޑިޕޮސިޓް ގެ ގޮތުގައި ބަހައްޓަންވާނެއެވެ.

 

9-        އެއްވެސް ހަރަކާތަކަށް ދޫކުރާ ތަނެއް ޓޭޕް ފަދަ އެއްޗެއް ޕާކުގައި ދަމާ، ޕާކުގެ ރީތިކަމަށް އަސަރުކުރާ ފަދަ އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ނަމަވެސް، ދޫކޮށްފައިވާ ސަރަހައްދު އަންގައިދޭ ބޯޑެއް އެ ސަރަހައްދުގައި މިނިސްޓްރީގެ ފަރާތުން ބަހައްޓާދޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

27   ޛުލްޙިއްޖާ  1438

18  ސެޕްޓެމްބަރ 2017

 

19 ސެޕްޓެންބަރު 2017