ވަޒީފާގެ ފުރުޞަތު
ނަންބަރު: 286-HR/03/2017
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 10:18
ސުންގަޑި: 04 އޮކްޓޫބަރު 2017 13:30
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

ވަޒީފާގެ ފުރުޞަތު

 

ތިރީގައި މިދަންނަވާ މަޤާމަށް މި އިދާރާއަށް މުވައްޒަފަކު ބޭނުންވެއްޖެ އެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ދަޢްވަތު އަރުވަމެވެ. 

ފައިނޭންސް އޮފިސަރ  

މަޤާމް:

J-290765

މަޤާމުގެ ނަމްބަރ:

1 (އެކެއް)

މަޤާމުގެ ޢަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެމް. އެސް. 1

މަޤާމުގެ ރޭންކް:

 ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލަސިފިކޭޝަން:

ކެނދިކުޅުދޫ ކައުންސިލް އިދާރާ / ކޯޕަރޭޓްއެފެއަރސް ޔްނިޓް

ސެކްޝަން:

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާ

މަޤާމް އޮތް އޮފީސް:

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

5610.00 ރުފިޔާ

މުސާރަ:

2000.00 ރުފިޔާ

ސަރވިސް އެލަވަންސް

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ ޢިނާޔަތްތައް.

އިތުރު ޢިނާޔަތްތައް:

 

  1. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވައިދާއި ލާމަރުކަޒީ ޤާނޫނާއި މާލީ ވުޒާރާއިން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތްވާގޮތުގެމަތީން ކައުންސިލްގެ މާލީ ނިޒާމް ހިންގާ ބެލެހެއްޓުން.
  2. ކައުންސިލްގެ އަހަރީ ބަޖެޓް ކައުންސިލްގެ ލަފާގެ މަތީން ތައްޔާރުކޮށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން.
  3. ކައުންސިލުން ނިންމާގޮތެއްގެމަތީން ކައުންސިލްގެ ބަޖެޓް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ފަރާތަކަށް އެފަރާތްތަކުން ކަނޑައަޅާ ތާރީޚުގެ ކުރީން ހުށަހެޅުން.
  4. ކައުންސިލްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތަކަށް ވަންނަ ފައިސާއާއި ޚަރަދުވާ ފައިސާގެ ރެކޯޑްތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ރިޕޯޓްތައް ތައްޔާރުކޮށް ބެލެހެއްޓުން.
  5. ކައުންސިލް އިދާރާގެ ތިޖޫރީ ހަފުތާރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  6. ކައުންސިލް އިދާރާއަށް ދުވަހުން ދުވަހަށް ލިބޭ ފައިސާގެ ހިސާބުތައް ބަލަހައްޓާ، ލިބޭ ފައިސާ ބޭންކްއެކައުންޓަށް ޖަމާކުރުން.
  7. ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތްކުރުން.
  8. ކައުންސިލްގެ އެއްމެހާ މުދާ މާލިއްޔަތުގެ ޤާނޫނުގައި ބަޔާންކުރާ އުސޫލުން ބަލަހައްޓަމުން ގެންދިޔުން.
  9. ފައިސާ ލިބޭ ކަންކަމުގެ ރެޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  10. ޕްރޮކިޔުމަންޓްގެ މަސައްކަތްތައް ބެލެހެއްޓުން.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ފައިނޭންސް ދާއިރާ / އެކައުންޓް އެންޑް ބިޒިނަސް / ފައިނޭންޝިއަލް އެކައުންޓިންގެ/ މެތަމެޓިކްސް އެންޑް ސްޓެޓިސްޓިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން

ނުވަތަ

  1. ފައިނޭންސް ދާއިރާ / އެކައުންޓް އެންޑް ބިޒިނަސް / ފައިނޭންޝިއަލް އެކައުންޓިންގ / މެތަމަޓިކްސް އެންޑް ސްޓެޓިސްޓިކްސްގެ ދާއިރާއަކުން  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

ނުވަތަ

  1. ފައިނޭންސް ދާއިރާ / އެކައުންޓް އެންޑް ބިޒިނަސް / ފައިނޭންޝިއަލް އެކައުންޓިންގ / މެތަމަޓިކްސް އެނޑް ށްޓެޓިސްޓިކްސްގެ ދާއިރާއަކުން  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުން.

މަޤާމުގެ ޝަރުތުތައް:

  1. ލިބިފައިވާ ތަޢްލީމާއި ތަޖްރިބާ
  2. ލިބިފައިވާ މަސައްކަތުގެ ތަޖްރިބާ
  3. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

ވަޒީފާއަށް އެއްމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް. (މި ފޯމް މި ކައުންސިލުންނާއި، ސިވިލްސަރވިސް ކޮމިޝަނުގެ ވެެބްސައިޓުން ލިބެން ހުންނާނެއެވެ.)
  2.  ވަޒީފާޔަށްއެދޭ ފަރާތުގެވަނަވަރު(ގުޅޭނެ ފޯނުނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާޔަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފާވާ ލިޔުންތައް ކިޔން އެނގޭ ފަދަ ކޮޕީއެއް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

 

  1. ލިބިުފައިވާ ހުރިހާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮޓޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢްލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ މަތީތަޢްލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ މަތީ ތަޢްލީމުދޭ މަރުކައަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢްލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ)

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިޔުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލަސަރވިސްގެ ވަޒީފާޔަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިޔުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށަފއިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

ވަޒީފާޔަށް އެދޭ ފޯމް ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ  csc.gov.mv ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 އޮކްޓޫބަރ 2017 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރީން، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާޔަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ.މެއިލް އެޑްރެހަކީ، [email protected]  އެވެ. ފެކްސް ނަމްބަރަކީ، 6560013 އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި

ސުން ގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިޔު އޮންނާނީ 05 އޮކްޓޫބަރ 2017 އާއި 12 އޮކްޓޫބަރ 2017 އާ ދެމެދު މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާގައެވެ.  ވުމާއިއެކު، މި ވަޒީފާޔަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަރވިޔުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިންޓަރވިޔު އޮންނާނެ ތަނާއި މުއްދަތު.

މި ވަޒީފާޔަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢްލީމީ ފެންވަރާއި ތަޖްރިބާއަށް ބަލާ، ވަޒީފާޔަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެއްމެ މަތީން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން.

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން ޖުމުލަ 30% (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެއްމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ.

މި އިޢްލާނާއި ގުޅޭގޮތުން މަޢްލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6560013 ނަމްބަރ ފޯނާއިއެވެ. ފެކްސް ނަމްބަރަކީ 656001 އެވެ. އީ.މެއިލް ކުރާނީ [email protected]   އަށެވެ.

04 މުޙައްރަމް  1438

24 ސެޕްޓެމްބަރ 2017

 

24 ސެޕްޓެންބަރު 2017