ދިވެހިރާއްޖެ
މި އިޢުލާންވަނީ 20 ސެޕްޓެންބަރު 2017 13:45 ގައި ބާތިލް ކުރެވިފައެވެ.
މަޤާމް :ރިސެޕްޝަނިސްޓް ނ.މާފަރު ސިއްހީމަރުކަޒު | |
---|---|
ބޭނުންވާ އަދަދު :1 | |
ނ. މާފަރުޞިއްޙީމަރުކަޒުގެ ރިސެޕްޝަނިސްޓްގެ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު މިހޮސްޕިޓަލްގެ ނަންބަރު: (IUL)NAH-A-AD/NAH/2017/01 03 އެޕްރީލް 2017 ) އިޢުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.
މަޤާމު |
ރިސެޕްޝަނިސްޓް |
މަޤާމުގެ ނަންބަރު |
J-254107 |
ބޭނުންވާ ޢަދަދު |
1 (އެކެއް) |
މަޤާމުގެ ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
ޖީ.އެސް 3 |
މަޤާމުގެ ކްލިސިފިކޭޝަން |
އޮފިސަރ ގްރޭޑް1 |
ޑިވިޜަން/ސެކްޝަން |
އެޑްމިނިސްޓްރޭޓިވް ޔުނިޓް |
މަޤާމްއޮތް އޮފީސް |
ނ. މާފަރުޞިއްޙީމަރުކަޒު |
ވަޒީފާއަދާކުރަންޖެހޭތަން |
ނ. މާފަރުޞިއްޙީމަރުކަޒު |
މުސާރަ |
-/4465 ރުފިޔާ |
ސާރވިސްއެލަވަންސް |
-/1500 ރުފިޔާ |
އިތުރު އިނާޔަތްތައް |
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
|
މަޤާމްގެ ޝަރުޠުތައް
|
|
ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
|
ހުށަހަޅަންޖެހޭ ލިޔުންތައް |
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
މަޤާމަށްއެދެންވީގޮތާއި،ސުންގަޑި |
ވަޒީފާއަށް އެދޭފޯމް ނ . މާފަރުޞިއްޙީމަރުކަޒުން ލިބެންހުންނާނެއެވެ. މަޤާމަށްއެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 02 އޮކްޓޯބަރ 2017 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން ނ. މާފަރުޞިއްޙީމަރުކަޒަށެވެ. އެޕްލިކޭޝަންފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަންބާތިލްވާނެއެވެ. |
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
މިމަޤާމަށް މީހަކުހޮވުމާބެހޭ އިންޓަވިއުއޮންނާނީ 08 އޮކްޓޯބަރ 2017 އާއި 19 އޮކްޓޯބަރ 2017 އާދެމެދު ނ. މާފަރުޞިއްޙީމަރުކަޒުގައެވެ. މިވަޒީފާއަށް ކުރިމަތިލާފަރާތްތަކުން އެތާރީޚްގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުންއެދެމެވެ. |
ޝޯޓްލިސްޓްކުރުން |
މިވަޒީފާއަށްއެދި ހުށަހަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ ތައުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓްކުރެވޭނެއެވެ. |
މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާބަޔަކަށް އެންމެދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ |
%30 |
އިތުރުމަޢުލޫމާތު |
މިއިޢުލާނާއި ގުޅިގެންމަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ރަސްމީގަޑީގައި 6560603 ނުވަތަ 6560037 ނަންބަރު ފޯނާއެވެ. |