ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESMED/416/2017/60
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 04 އޮކްޓޫބަރު 2017 10:30
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަކަރި/ކުކުޅު ގެންގުޅުމަށް ވިޔަފާރި އުސޫލުން ބިން ދޫކުރުން

ބަކަރި/ކުކުޅު ގެންގުޅުމަށް ވިޔަފާރި އުސޫލުން ބިން ދޫކުރުން

ބަކަރި، ކުކުޅުހާ ގެންގުޅުމަށް ރަށުގެ އުތުރު ފަރާތު ވޭސްޓް މެނޭޖްމެންޓް ސެންޓަރގެ އުތުރުން ހުއްދަ ލިބިފައިވާ 01 ބިން (5000 އަކަފޫޓްގެ 01 ބިން) ވިޔަފާރި އުސޫލް އިން 10 އަހަރުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށް މަޑަވެލި ކައުންސިލް އިން ނިންމާފައިވާތީ، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފްކުރުމަށްފަހު ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

ތަން

ވަގުތު

ދުވަސް

ތާރީޚް

 

މަޑަވެލި ކައުންސިލްގެ މީޓިން ރޫމް

10:30

ބުރާސްފަތި

28 ސެޕްޓެމްބަރ 2017

މަޢުލޫމާތު ސާފްކުރުން

މަޑަވެލި ކައުންސިލްގެ މީޓިން ރޫމް

10:30

ބުދަ

04 އޮކްޓޯބަރ 2017

ބީލަން ހުށަހެޅުން

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ތާރީޚާއި ގަޑިއަށް މަޢުލޫމާތު ސާފުކުރުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު 6840006 ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.     

20 ސެޕްޓެންބަރު 2017