ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)22-E/22/2017/51
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި: 08 އޮކްޓޫބަރު 2017 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކިޔަވައިދޭ ތަންތަން ރަޖިސްޓްރީ ކޮށް ހިންގުމާ ގުޅޭ

އިޢުލާން

މި މިނިސްޓްރީ ގައި ރަޖިސްޓްރީ ކޮށް އަމިއްލަ ފަރާތްތަކުން މާލޭ އާއި އަތޮޅު ތެރޭގައި ހިންގާ ޤުރުއާން ކްލާސްތަކާއި، ޓިއުޝަން ކްލާސްތަކާއި  ސްކޫލްތަކާއި، އަދި ޕްރީސްކޫލް ތަންތަނާ ގުޅޭގޮތުން ދަންނަވަމެވެ.

މި މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ޤުރުއާން ކްލާސްތަކާއި، ޓިއުޝަން ކްލާސްތަކާއި  ސްކޫލްތަކާއި، އަދި ޕްރީސްކޫލް ތަކުގައި މިހާރު ކިޔަވައިދެމުން ގެންދޭތޯ ނުވަތަ ކްލާސް ހުއްޓާލައިފައި ވޭތޯ މި މިނިސްޓްރީއަށް ލިޔުމަކުން އަންގަވާ ދެއްވުން އެދެމެވެ. އަދި ކިޔެވުން ކުރިއަށް ގެންދާނަމަ (ގުޅޭނޭ ފޯންނަންބަރާ އަދި އީ – މެއިލް އެޑްރެސް ) 08 އޮކްޓޯބަރ 2017 ގެ ކުރިން އަންގަވާދެއްވުން އެދެމެވެ.

މި މިނިސްޓްރީ ގައި ރަޖިސްޓްރީ ކޮށްފައިވާ ޤުރުއާން ކްލާސްތަކާއި، ޓިއުޝަން ކްލާސްތަކާއި  ސްކޫލްތަކާއި، އަދި ޕްރީސްކޫލް ތައް ހިންގަވަމުން ގެންދާވާ ފަރާތްތަކުން މިނިސްޓްރީ އޮފް އިކޮނޮމިކް ގައި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން ވިޔާފާރި ރަޖިސްޓްރީ ( އަމިއްލަ ފަރުދެއް ، ކޮންޕެނީ، އަދި ޖަމާއަތްތައް ) ހުށައެޅުމަށް ދަންނަވަމެވެ. އަދި ވިޔަފާރި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫންގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރުމާށާއި، ރަޖިސްޓްރީ ކުރުމަށްފަހު، ރަޖިސްޓްރީ ހުށަހަޅަން އަންގަމެވެ.  

މި މިނިސްޓްރީ ގައި ރަޖިސްޓްރީ ކޮށްފައިވާ ޤުރުއާން ކްލާސްތަކާއި، ޓިއުޝަން ކްލާސްތަކާއި  ސްކޫލްތަކާއި، އަދި ޕްރީސްކޫލް ތައް ރަޖިސްޓްރީ ކުރި މަޤްސަދު ނޫން މަޤަސަދެއްގައި ބޭނުން ކުރަމުންދާނަމަ އެކަން ވެސް މި މި މިނިސްޓްރީ 08 އޮކްޓޯބަރ 2017 ގެ ކުރިން އަންގަވާދެއްވުން އެދެމެވެ.

ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ޤަވާއިދުގައި ވާ ގޮތުގެ މަތިން ރަޖިސްޓްރީ ކޮށްފައިވާ ތަންތަނަށް ބަދަލުގެނެވޭނީ މި މިނިސްޓްރީގެ ހުއްދަލިބިގެން ކަމުގައި ދަންނަވަމެވެ. ނަމަވެސް މިހާރު ވަރަށް ގިނަ ތަންތަނަށް މި މިނިސްޓްރީ އަށް ނޭގި ބަދަލުއައިސްފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. ވީމާ 20 ސެޕްޓެމްބަރ 2017 އިން ފެށިގެން 03 މަސް ދުވަސް ތެރޭގައި އެތަންތަނަށް ގެނެވިފައިވާ ބަދަލު ( ތަނުގެ ނަން ، އެޑްރެސް ، ގުޅޭނެ ނަންބަރ، އަދި އީ –މެއިލް އެޑްރެސް ) ލިޔެކިޔުމަކުން މި މިނިސްޓްރީ އަށް ހުށައެޅުމަށް ދަންނަވަމެވެ. އަދި އެމުއްދަތުގެ ތެރޭގައި ހުށަނާޅާ ފަރާތްތަކުގެ ރަޖިސްޓްރީ ބާތިލް ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ  3341109 ، 3341105 ، 3341270 ފޯނަށެވެ.

20 ސެޕްޓެންބަރު 2017