ދިވެހިރާއްޖެ
އިޢުލާން
ކޮމްޕިޔުޓަރ ސިސްޓަމް އަދި ޕްރިންޓަރ ގަތުމަށް ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ 2 ސްކޫލަށް ކޮމްޕިޔުޓަރ ސިސްޓަމް އަދި ޕްރިންޓަރ ސަޕްލައިކުރުމަށް ބޭނުންވެއްޖެއެވެ.
1- އިސްކަންދަރު ސްކޫލް، ކ. މާލެ
2- ފުނަދޫ ސްކޫލް، ށ.ފުނަދޫ
މަޢުލޫމާތު ސާފުކުރުން:
މައުލޫމާތު ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 27 ސެޕްޓެމްބަރު 2017 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފޮލޯރ) ގައެވެ. އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަކަށް ހަމަޖެހިފައެއް ނުވެއެވެ.
އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:
މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށައެޅުމަށް އެކަމަށް ޚާއްސަކުރެވިފައިވާ 'ބިޑިންގ ޑޮކިޔުމަންޓް ފޯ އައި.ޓީ އިކުއިޕްމަންޓް (2 ސްކޫލް) ޑޮކިޔުމަންޓްސް ފުރިހަމަކުރުމަށްފަހު ހުށައަޅަންވާނެއެވެ. މި ޑޮކިޔުމަންޓްގައި އަންދާސީ ހިސާބުގައި ހިމަނަންޖެހޭ ހުރިހާ މައުލޫމާތެއް ހިމެނިފައިވާނެއެވެ. މި ޑޮކިޔުމަންޓްތައް ހޯދުމަށް އެދި[email protected] ނުވަތަ [email protected] އަށް އީމެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. މި ބިޑާއިއެކު ބިޑް ސެކިޔުރިޓީގެ ގޮތުގައި -/20،000 ރުފިޔާ ބޭންކް ގެރެންޓީ ނުވަތަ ބޭންކް ސަރޓިފައިޑް ޗެކް ގެ ގޮތުގައި ހުށައަޅަން ޖެހޭނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށްފައެވެ.
ޕްރޮޖެކްޓް ކޯޑިނޭޓަރ
ކޯޑިނޭޝަން ސަޕޯޓް ޔުނިޓް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
އިޢުލާން ނަންބަރ:
ބިޑް ހުޅުވުން:
އަންދާސީ ހިސާބު ހުޅުވުމަށް ހަމަޖެހިފައިވަނީ 5 އޮކްޓޯބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފޮލޯރ) ގައެވެ. މިގަޑީގެ ފަހުން ހުށައަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. އަދި ބިޑް ސެކިޔުރިޓީ ހުށަނާޅާފަރާތް ތަކުގެ ބިޑްތައް ބަލައެއްނުގަނެވޭނެއެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341317، 3341318.
އީމެއިލް:[email protected] ނުވަތަ [email protected]