ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)430-DBA-B/1/2017/17
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:11
ސުންގަޑި: 02 އޮކްޓޫބަރު 2017 13:00
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
'އަކުރު' އާ ގުޅޭ ދިރާސާ ކުރުން

އިޢުލާނު

 

ދިވެހިބަހުގެ ގަވާއިދުގެ ބައިތަކުގެ ތެރެއިން "އަކުރު" އާ ބެހޭ ދިރާސާކުރުމަށް އާންމުކޮށް ހުޅުވައިލުން

               ދިވެހިބަހުގެ ގަވާއިދުގެ ތެރެއިން "އަކުރު" އާ ބެހޭ ގޮތުން ޢިލްމީ ދިރާސާއެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އެކެޑަމީން 28 އޮގަސްޓު 2017ވަނަ ދުވަހު ކޮށްފައިވާ ނަންބަރު:(IUL)430-DBA-B/1/2017/15 އިޢުލާނާ ގުޅިގެން މި ދިރާސާކުރުމަށްޓަކައި އެކަށީގެންވާ އަދަދަކަށް ބައިވެރިން ކުރިމަތިލައިފައި ނުވާތީ އަލުން ފުރުޞަތު ހުޅުވައިލުމެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ ދިވެހިބަހުގެ އެކެޑަމީން މިހާރު އާންމުކޮށްފައިވާ ދިވެހިބަހުގެ ލަފުޒު ވަކިކުރުމުގެ ގަވާއިދު މުރާޖާކޮށް އަލުން އެކަށައެޅުމުގައި ދިވެހިބަހުގެ ގަވާއިދުގެ ތެރެއިން އަކުރު އަދާކުރާ ދައުރަކީ ކޮބައިކަން ބަލައި ހޯދުމެވެ.

               މި ދިރާސާއާ ގުޅޭ މަޢުލޫމާތު ދިނުން 2017 އޮޓޯބަރު 2ވާ ހޯމަ ދުވަހުގެ 12:30 ގައި ދިވެހި ބަހުގެ އެކެޑަމީގައި އޮންނާނެއެވެ.

            ވީމާ މި ދިރާސާ ކުރަން ޝައުގުވެރިވާ ފަރާތްތަކުން މި ދިރާސާއާ ބެހޭ މަޢުލޫމާތު ސާފުކުރުމަށްޓަކައި ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވުން އެދެމެވެ. މި ދިރާސާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށް އެކަންޏެވެ.   

20 ސެޕްޓެންބަރު 2017