ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)242/242/2017/25
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 09:21
ސުންގަޑި: 28 ސެޕްޓެންބަރު 2017 13:00
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒޯން ބީ ގެ އެއްގަމާއި ކަނޑުގެ ލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒަމިނަރ ހޯދުން

އިޢުލާން

                 

ޒޯން ބީގެ އެއްގަމާއި ކަނޑުގެ ލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒަމިނަރ ހޯދުމާއި ބެހޭ

 

        މިއިދާރާއިން ދޫކުރާ އެއްގަމާއި ކަނޑުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ހޯދުމަށް މިއިދާރާއިން ކުރެވުނު ނަންބަރު (IUL)242/242/2017/23 (31 ޖުލައި 2017) އިއުލާނާ ގުޅިގެން އެކަމަށް އެދުނުފަރާތްތައް މަދުވުމުގެ ސަބަބުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.                      ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 28 ސެޕްޓެންބަރ 2017 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އެކަމަށް އެދި ސިޓީ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މިފުރުޞަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.   

އެގްޒަމިނަރުން ހޮވުމުގައި ލައިސަންސްގެ މުއްދަތާއި އަދި ލިބިފައިވާ ކެޓަގެރީތަކުގެ މައްޗަށް ބެލެވޭނެއެވެ.

އެއްގަމު ލައިސަންސް ދޫކުރުމަށް އެގްޒަމިންރުން ބޭނުންވާ ޢަދަދު: 3 ( ފިރިހެން 2، އަންހެން 1 )

ކަނޑުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިންރުން ބޭނުންވާ ޢަދަދު: 2 ( ފިރިހެން 2 )

އެގްޒަމިނަރުން ބޭނުންވާ މުއްދަތު: 03 އަހަރު ދުވަސް

ޝަރުތު

-          ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި  ނުވުން ،އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން ( 3 މަސްދުވަސް ނުވާ ޕޮލިސް ރިޕޯރޓް )

-          ދޫކުރި ތާރީޚުން ފެށިގެން 5 އަހަރު ދުވަސް ވެފައިވާ އެއްގަމު ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތުން ( ލައިސަންސްގެ އަސްލާއި ކޮޕީ ) (އެއްގަމުގެ އެގްޒަމިނަރުންނަށް )

-          ދޫކުރި ތާރީޚުން ފެށިގެން 03 އަހަރު ދުވަސްވެފައިވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުން     ( ލައިސަންސްގެ އަސްލާއި ކޮޕީ )

-          ނިޔަމި ކަމުގެ ސަނަދު 1 ނުވަތަ 2 އޮތުން  ( ނިޔަމި ކަމުގެ ސަނަދުގެ އަސްލާއި ކޮޕީ )  ( ކަނޑުގެ އެގްޒަމިނަރުންނަށް )

-          އައިޑީކާޑުގެ ކޮޕީ

                19 ސެޕްޓެންބަރ  2017

19 ސެޕްޓެންބަރު 2017