މަސައްކަތް
ނަންބަރު: IUL-19/GS211/2017
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 01 އޮކްޓޫބަރު 2017 10:00
ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

   ކުރީގެ ކޮމްޕްރިހެންސިވް ސްކޫލްގެ މެއިން ގޭޓާއި ، ދަގަނޑުފެންސް ޖަހައިގެން ފާރު ރޭނުމުގެ މަސައްކަތްތައް ސްކޫލުން ދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ  ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

    ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފާރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

01 އޮކްޓޯބާރ 2017 ވާ އާދިއްތަ ދުވަހު ހެނދުނު 10.00 ގައި ނޫރާނީ ސްކޫލްގައި

މަޢުލޫމާތު ދިނުން

08 އޮކްޓޯބާރ 2017 ވާ އާދިއްތަ ދުވަހު ހެނދުނު 10.00 ގައި ނޫރާނީ ސްކޫލްގައި

އަންދާސީ ހިސާބު ހުށަހެޅުން

    މިމަސައްކަތްތައް ހަވާލުކުރެވޭނީ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން މާކްސްލިބޭ ފަރާތަކާއެވެ.                                 

           މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އަދި މަޢުލޫމާތުތައް ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާޠިލުކުރެވޭނެއެވެ.    

           ވީމާ، މިކަން އާންމުކޮށް އިޢުލާންކުރީމެވެ.

 

28   ޛުލްޙިއްޖާ    1438
19    ސެޕްޓެންބާރ  2017 

19 ސެޕްޓެންބަރު 2017