ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)203-WMPP/203/2017/10
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 12:15
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
Environmental Guidelines for site selection of WMCs

                                       ނަންބަރު:(IUL)203-WMPP/203/2017/10 

އިޢުލާން

              މި އެޖެންސީއިން މިހާރު ކުރިއަށްގެންދާ، ރަށްރަށުގެ ކުނިކޮށި ޤާއިމްކުރާސަރަޙައްދު ފާސްކުރުމުގެ މަސައްކަތަކީ ބިނާވެށި ޕްލޭމްކުރުމުގެ ގަވާއިދުގެ ދަށުން މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާއިން ކުރިއަށްގެންދަވާ ކަމަކަށްވެސް ވެފައި، ދައުލަތުގެ ދެ މުއައްސަސާއަކުން އެއް މަސައްކަތެއް ތަކުރާރުކޮށް ކުރެވެމުން ދާތީ  ކުނިކޮށި ޤާއިމްކުރާސަރަޙައްދު ފާސްކުރުމުގެ މަސައްކަތް މި އެޖެންސީއިން ކުރިއަށް ނުގެންދިޔުމަށް ނިންމައިފީމެވެ.

              މި ބަދަލު މިހެން އައިކަމުގައި ވީ ނަމަވެސް ކުނިކޮށީގެ ސަރަޙައްދު ކަނޑައެޅުމުގަޔާއި ކުނިކޮށީގެ ސަރަޙައްދު ބަދަލުކުރުމުގައި މި ޢިއުލާނާއެކުގައި ވާ "ކުނިކޮށި ޤާއިމްކުރާ ސަރަޙައްދު ކަނޑައެޅުމުގައި ތިމާވެށީގެ ގޮތުން ގެންގުޅެންވީ ގައިޑްލައިންތައް" އަށް ރިޢާޔަތް ކުރުމަށް ދަންނަވަމެވެ. އަދި މީގެ އިތުރުން ކުނި މެނޭޖުކުރުމާބެހޭ ޤަވާއިދުގެ ދަށުން ކުނި ކޮށިތައް ރަޖިސްޓްރީކުރުމާއި ކުނި މެނޭޖު ކުރުމަށް ދޫކުރަންޖެހޭ ހުއްދަ ދޫކުރުމާއި، އަދި ކުނި މެނޭޖުކުރުމުގެ ޕްލޭން ފާސް ކުރުމާއި، ކުނި މެނޭޖުކުރުމުގެ ޤާވާޢިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ އެންމެހައި ކަމެއް ކުރިޔެކޭ އެއްގޮތަށް މި އެޖެންސީން ކުރިޔަށް ގެންދާނެ ކަމުގައި ދެންނެވީމެވެ. އަދި މިދެންނެވި ގައިޑްލައިން މިއާއިއެކު ގެޒެޓްކުރީމެވެ.

19 ސެޕްޓެމްބަރ 2017

                                      28 ޛުލްޙިއްޖަ 1438

                                       ނަންބަރު:(IUL)203-WMPP/203/2017/10 

ޢިޢުލާން

18 ސެޕްޓެމްބަރ 2017

                                   27 ޛުލްޙިއްޖަ 1438

19 ސެޕްޓެންބަރު 2017