ދިވެހިރާއްޖެ
އިޢުލާން
ކޮމްޕިޔުޓަރ ލެބް ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ ފަރުނީޗަރު އިސްކަންދަރު ސްކޫލަށް ސަޕްލައިކުރުމަށް ބޭނުންވެއްޖެއެވެ.
|
35 ކޮމްޕިޔުޓަރ ޑެސްކު 35 ކޮމްޕިޔުޓަރ ގޮނޑި |
|
މަޢުލޫމާތު ސާފުކުރުން:
މައުލޫމާތު ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2017 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފްލޯރ) ގައެވެ. އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަކަށް ހަމަޖެހިފައެއް ނުވެއެވެ.
އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:
މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށައެޅުމަށް އެކަމަށް ޚާއްސަކުރެވިފައިވާ 'ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް ފޯރ އިސްކަންދަރު ސްކޫލް ކޮމްޕިޔުޓަރ ލެބް ފާނީޗަރ' ޑޮކިޔުމަންޓް ފުރިހަމަކުރުމަށްފަހު ހުށައަޅަންވާނެއެވެ. މި ޑޮކިޔުމަންޓްގައި އަންދާސީ ހިސާބުގައި ހިމަނަންޖެހޭ ހުރިހާ މައުލޫމާތެއް ހިމެނިފައިވާނެއެވެ. މީގެ އިތުރުން މައުލޫމާތު ޝީޓެއްވެސް ހިމެނޭނެއެވެ. މި ޑޮކިޔުމަންޓްތައް ހޯދުމަށް އެދި[email protected] ނުވަތަ [email protected] އަށް އީމެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. މި ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާފަރާތް ތަކުގެ ބިޑްތައް ބަލައެއްނުގަނެވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށްފައެވެ.
ޕްރޮޖެކްޓް ކޯޑިނޭޓަރ
ކޯޑިނޭޝަން ސަޕޯޓް ޔުނިޓް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
އިޢުލާން ނަންބަރ:
ބިޑް ހުޅުވުން:
އަންދާސީ ހިސާބު ހުޅުވުމަށް ހަމަޖެހިފައިވަނީ 28 ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފްލޯރ) ގައެވެ. މިގަޑީގެ ފަހުން ހުށައަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. އަދި ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާފަރާތް ތަކުގެ ބިޑްތައް ބަލައެއްނުގަނެވޭނެއެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341317، 3341318.
އީމެއިލް: [email protected] ނުވަތަ [email protected]