ދިވެހިރާއްޖެ
މިއޮފީހުގައި މިހާރު ބޭނުން ކުރާ އައިސްވޯރޕް އީމެއިލް ސޮފްޓްވެއަރގެ ލައިސަންސް އިތުރުކުރުމަށް ބޭނުންވާތީ މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި، މި އޮފީހުގެ ނަންބަރު
IUL)7-ADMN/1/2017/47) އިޢުލާނާއި ގުޅިގެން ތިންފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި މިމަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މި ދެންނެވުނު ސޮފްޓްވެއަރ ލައިސަންސް އާއި ޕޮއިންޓު ދޭނެ އުސޫލާއި އަދި ބިޑާއި ބެހޭ އިތުރު މަޢުލޫމާތު ތިރީގައި މިވާ މިއޮފީހުގެ ވެބްސައިޓުގެ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
http://www.audit.gov.mv/procurement-announcements.aspx
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 25 ސެޕްޓެންބަރު 2017 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 14:00 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުމަށް ހާޞިރުވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް[email protected] އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ.