ދިވެހިރާއްޖެ
އިޢުލާން
ގއ. އަތޮޅު ތައުލީމީ މަރުކަޒު (ގއ.ވިލިނގިލި) 9 ކްލާސްރޫމް 3 ބުރި ޢިމާރާތުގެ (ނުނިމި ހުރި) މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
ގއ. އަތޮޅު ތައުލީމީ މަރުކަޒު (ގއ.ވިލިނގިލި) 9 ކްލާސްރޫމް 3 ބުރި ޢިމާރާތުގެ (ނުނިމި ހުރި) މަސައްކަތް ކޮށްދިނުމަށް ކުރިން ކުރެވުނު ނަންބަރު: IUL)22-G/22/2017/36) އިއުލާނަށް ހުށަހަޅާފައިވާ އަގުތައް ބޮޑު ކަމަށްފެންނާތީވެ، އެޢިއުލާނު ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މި މިނިސްޓްރީއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ތަކެތީގައި ގއ. އަތޮޅު ތައުލީމީ މަރުކަޒު (ގއ.ވިލިނގިލި) 9 ކްލާސްރޫމް 3 ބުރި ޢިމާރާތުގެ (ނުނިމި ހުރި) މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީސް ޑިވެލޮޕްމެންޓް ސެކްޝަން (ޣާޒީ ބިލްޑިންގ ގްރައުންޑް ފްލޯރ) އަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ.
|
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
|
26 ސެޕްޓެމްބަރ 2017 ވާ އަންގާރަ ދުވަހު 11:00 އަށް |
3 އޮކްޓޯބަރ 2017 ވާ އަންގާރަ ދުވަހުގެ 11:00އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341136 ނަމްބަރ ފޯނާއެވެ.
27 ޛުލްޙިއްޖާ 1438
18 ސެޕްޓެމްބަރ 2017