ނީލަން
ނަންބަރު: (IUL)227-CA/227/2013/40
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2013
ޕަބްލިޝްކުރި ގަޑި: 16:29
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ އަތޮޅު ކައުންސިލުގެ އިދާރާގެ އަތޮޅުދޯނި ވިއްކާލުން

                މިއިދާރާގައި ބޭނުންކުރަމުންގެންދާ އަތޮޅުދޯނި "ފަރުކޮޅު" ރަޖިސްޓަރީ ނަންބަރު G4577A-07-15-C ސިޓީލައި  ނީލަމުގައި ވިއްކާލުމަށްކުރި މިއިދާރާގެ  ނަންބަރު IUL)227-CA/227/2013/39)ފ03 އޮކްޓޫބަރު 2013 އިޢުލާނުގެ މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ މުއްދަތު އިތުރުކޮށް އަލުން ހުށަހަޅަމެވެ.

                މި ނީލަން ފެށޭ އަގަކީ -/900,000 ރުފިޔާ ( ނުވަލައްކަ ރުފިޔާ ) އެވެ. ނީލަމަށް ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން -/30,000 ރުފިޔާ ( ތިރީސްހާސް ރުފިޔާ ) އެވެ. ކޮންމެ ދުވަހަކުވެސް ހުށަހެޅޭ އެންމެ މަތީއަގު އެދުވަހެއްގެ 14:00ގެ ފަހުން މިއިދާރާގެ ނޯޓިސްބޯޑުންނާއި މިއިދާރާގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 7 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް  ނީލަން ނިމޭނެއެވެ.

                ވީމާ، މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން 2013 އޮކްޓޫބަރު 31 ވާ ބުރާސްފަތި ދުވަހުގެ 9:00 ން ފެށިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ އެކަމަށް މިއިދާރާއިން ކަނޑައަޅާފައިވާ ފޯމުގައެވެ. މިފޯމު އަދި އުޅަނދާބެހޭ މައުލޫމާތާއި ފޮޓޯ މިއިދާރާއިންނާއި އަދި މިއިދާރާގެ ވެބްސައިޓް: www.shaviyani.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަގު ހުށަހަޅާ ފޯމު ރަސްމީ ދުވަސް ދުވަހުގެ މެންދުރުފަހުގެ 13:00ގެ ކުރިން މިއިދާރާގެ ކައުންޓަރަށް ނުވަތަ ފެކްސް އަދި އީމެއިލްގެ ޒަރީޢާއިންވެސް ހުށަހެޅިދާނެއެވެ. ފެކްސް ނަންބަރަކީ 6540057 އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި އަދި އުޅަނދު ބެއްލެވުމަށް ގުޅުއްވާނީ މިއިދާރާގެ 6540038، 6540025 މި ނަންބަރު ފޯނާއެވެ.

22 ޛުލްޙިއްޖާ 1434

27 އޮކްޓޫބަރު 2013