މަސައްކަތް
ނަންބަރު: (IUL)30-C/30/2017/133
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 10:54
ސުންގަޑި: 25 ސެޕްޓެންބަރު 2017 10:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކ.މަނިޔަފުށީގައި ތަރައްގީކުރާ މެރިކަލްޗަރ ޓްރެއިނިންގް ފެސިލިޓީއަށް އީ.އައި.އޭ ތައްޔާރު ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

ކ.މަނިޔަފުށީގައި ތަރައްގީކުރާ މެރިކަލްޗަރ ޓްރެއިނިންގް ފެސިލިޓީއަށް އީ.އައި.އޭ ތައްޔާރު ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިއުލާން (IUL)30-C/30/2017/128  އާއި ގުޅެގެން މިނިސްޓްރީއިން މައުލޫމާތަށް އައި  ބަދަލުތަކާއި އެކު މިއިއުލާން ބާތިލްކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެް ހޯދުމަށް އަލުން ފުރުސަހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ސެޕްޓެމްބަރ 2017 ވާ ހޯމަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،01 އޮކްޓޯބަރ 2017 ވާ އާދިއްތަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322242، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

18 ސެޕްޓެންބަރު 2017