ވަޒީފާގެ ފުރުޞަތު
ނަންބަރު: U7-SM/I-17/02
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 28 ސެޕްޓެންބަރު 2017 14:00
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެންރޯލްޑް ނާރސް

 

 

 

 

އއ ފެރިދޫ ސިއްހީމަރުކަޒު

      އއ. ފެރިދޫ،                                               

      ދިވެހިރާއްޖެ

ވަޒީފާގެ ފުރުޞަތު  ނަންބަރ: U7-SM/I-17/02

 

 މި މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލަމެވެ.

މިވަޒީފާއަށްށް ބޭނުންވަނީ ގިނަވަގުތު މަސައްކަތުގައި އުޅެވޭ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހުންނެވެ.

މަޤާމް:

 

އެންރޯލްޑް ނަރސް

 

މަޤާމްގެ ނަމްބަރ:

J-238552

ބޭނުންވާ ޢަދަދު:

01

މަޤާމްގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

GS4

މަޤާމްގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގރ2

މަޤާމް އޮތް އޮފީސް

އއ. ފެރިދޫ ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

އއ. ފެރިދޫ ޞިއްޙީމަރުކަޒު

މުސާރަ:

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2500 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އަދި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

1) ނަރސިންގް ޑިޕާރޓްމަންޓްގެ އެންމެހާ މަސައްކަތްތައް އިސްކޮށް ހުންނަވާ ބޭފުޅެއްގެ އިރުޝާދުގެ ދަށުން ކުރުން.

2) ސިއްހީމަރުކަޒުން ފަރުވާ ހޯދުމަށްއަންނަ ފަރާތްތަކަށް ދޭންޖެހޭ ފަރުވާތަށް ދިނުމުގައި ހުރިހާ ޑިޕާޓްމަންތަކެއްގައި ( އޯޕީޑީ، ލޭބަރރޫމް، ޑްރެސިންގްރޫމް ) މަސައްކަތްކުރުން.

3) 5 އަހަރުން ދަށުގެ ކުދިން ބަރުދަން ބެލުމުގައި ޕަބްލިކް ހެލްތް ޔުނިޓުގައި މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދީ އެކަމުގައި  އަމަލީގޮތުން ބައިވެރިވުން.

4)  އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވުން.

6) އާސަންދައިގެ ދަށުން ހަދަންޖެހޭ ބިލްތައްހެދުމާއި އިންވޮއިސް ހެދުމުގައި ޢަމަލީގޮތުން ބައިވެރިވުން.

7) މެޑިކަލް ކޮންޒިއުމަބަލްސް، މެޝިނަރީޒް ފަދަ ތަކެތި ސްޓޮކަށް ބޭނުންވާނޭހެން ލަސްނުކޮށް ރިކުއެސްޓްކޮށް ތަކެތި ހޯދުން.

8) މެޑިކަލް ސްޓޮކް އަދި ކޮންޓްރޯލް ޑްރަގް ސްޓޮކް ބެލެހެއްޓުން.

9) ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ޖަވާބުދޭންޖެހޭ ލިޔުންތަކަށް ޖަވާބުދީ ފައިލްކުރުން.

10) ވެކްސިންދިނުމުގެ ކަންތައްތަކުގައި ޕަބްލިކް ހެލްތް ޔުނިޓުގެ މުވައްޒަފުންނަށް އެއްބާރުލުންދީ އެކަމުގައި  އަމަލީގޮތުން ބައިވެރިވުން.

11) ޕަބްލިކް ހެލްތް ޔުނިޓާއި ގުޅިގެން އާންމުން ހެލުންތެރިކުރުވުމުގެ ގޮތުން ހިންގޭ ޕްރޮގްރާމްތަކުގައި އަމަލީގޮތުން ބައިވެރިވުން.

12) ސިއްހީ ގޮތުން ފާހަގަ ކުރެވޭ އެކިއެކި ދުވަސްތައް ފާހަގަ ކުރުމުގައި އަމަލީގޮތުން ބައިވެރިވުން.

13) އޯޕީޑީ، އައި.ޕީ.ޑީ އަދި އެހެނިހެން ޙިދުމަތްދޭ ފަރާތްތިކުގެ ރެކޯޑްސްތައް ފުރިހަމަކުރުމާއި ފައިލްކޮށް ބެލެހެއްޓުން.

14) ބަލިމީހާއާއި ޑޮކްޓަރާދެމެދު ހިތްހަމަޖެހޭ ރަނގަޅު މާހައުލެއް ގާއިމްކޮށްދިނުން.

15) ދިމާވާ ބައެއް ހާލަތްތަކުގައި ތަރުޖަމާކޮށްދިނުން.

16) ކްލިނިކަލް އޭރިޔާ ތަކުގައި ބޭނުންކުރެވޭ އިކްއިޕްމަންޓްސް، މެޝިނަރީޒް އަދި ފަރުނީޗަރު ފަރުވާތެރިކަމާއެކު ބެލެހެއްޓުން.

17) ރިފާރކުރެވޭ ބަލިމީހުންނާއެކު ދާންޖެހޭ ޙާލަތްތަކުގައި ދިޔުން.

18) ނަރުހުންގެ ފަރާތުން ބަލިމީހާއަށްދޭ ފަރުވާއާއި، ޙިދުމަތްދެމުންދާނީ ހެދިފައިވާ ޕްރޮޓޮކޯލްތަކައި، ޤަވާއިދާ އެއްގޮތަށްތޯ ބަލައި އެގޮތްތަކަށް އަމަލުކުރަމުން ގެންދިޔުން.

19) ސިއްޙީ މަރުކަޒު ބަންދު ގަޑިތަކުގައި ދިމާވާ އެމެޖެންސީ ހާލަތްތަކުގައި ޞިއްޙީ މަރުކަޒުގެ އިންޗާޖަށް އެހީތެރިވުން

20) އަދި މީގެ އިތުރުންވެސް ޞިއްޙީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނަވާ ބޭފުޅަކު އަންގަވާ މަސައްކަތްތަކުގައި އެހީތެރިވެ ކުރިއަށްގެންދިޔުން.

 

މަޤާމުގެ ޝަރުތު

1.

 ސަރުކާރު ގަބޫލްކުރާ އިންސްޓިޓިއުޓެއްގައި ނާރސް އެޑް ކޯސް ފުރިހަމަކޮށްފައިވުން ނުވަތަ އެޑްވާންސް ސެޓްފިކެޓް އިން ނާރސިންގ ކޯސް ފުރިހަމަކޮށް، ސެޓްފިކެޓް ހާސިލުކޮށްފައިވުން

 

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

 ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

ނ. ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް،  މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

ހ. ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.

ށ. އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

- ވަޒީފާއަށް އެދޭ ފޯމު މި މަރުކަޒުގެ ކައުންޓަރުން  ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ www.CSC.gov.mv ވެބްސައިޓުން ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މި މަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 6660809 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2017 އޮކްޓޯބަރ މަހުގެ ތެރޭގައި ، މިމަރުކަޒުގައި އެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އޮކްޓޯބަރ މަހުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

-  މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް މީހުން ހޮވުމަށް  ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

-  30% (ތިރީސް އިންސައްތަ).

އިތުރު މަޢުލޫމާތު ހޯދުން

-   މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6660809  ނަންބަރު ފޯނަށެވެ.

 

                            26 ޒުލްހިއްޖާ 1438

                            17 ސެޕްޓެމްބަރ 2017

 

 

 

 

17 ސެޕްޓެންބަރު 2017