ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމް: އޮފިސަރ
ޑިޕާޓްމަންޓް: ސްޓޭކްހޯލްޑަރ ރިލޭޝަންސް
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކައުންޓަރ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް / ހދ. ކުޅުދުއްފުށީ
މަޤާމުގެ ޝަރުތު:
- ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިޙާނުގެ 5 މާއްދާއިން, އިންގިރޭސި އަދި ހިސާބު ހިމެނޭގޮތައް، "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން ނުވަތަ ޖީ.ސީ.އީ އޭލެވެލް 2 މާއްދާއިން "އީ" އަށް ވުރެ މަތިން ފާސްވެފައިވުން
- ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަދަ މީހަކަށްވުން
- މައިކްރޯސްފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން
- ރަސްމީ ދަތުރުތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ދިޔުމުގައި ހުރަހެއް ނެތުން
- ހޭލުންތެރިކުރުމުގެ ޕޮރްގްރާމްތަކާއި އަދި އެހެނިހެން ކެމްޕޭންތަކުގައި ރާއްޖެތެރެއަށް ދަތުރުކުރުމުގައި ހުރަހެއް ނެތުން
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ދިނުމާއި، މަޢުލޫމާތު ހޯދުމަށް ގުޅާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުމާއި އަދި ޚިދުމަތް ހޯދުމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުން
- ހުށަހެޅޭ ކޭސްތަކާ ގުޅިގެން "ހުސްނުވާ އާސަންދަ" ސްކީމްގެ ދަށުން އެމްޕެނަލް ވެފައިވާ ހޮސްޕިޓަލްތަކާއެކު މަޝްވަރާކުރުމާއި ހުއްދަ ހޯދުމާއި ފަރުވާ ލިބޭނެ ކަމުގެ ލިޔުން ޙަވާލުކުރުން
- ޓެލެފޯނުގެ ޒަރީޢާއިންނާއި އީމެއިލް މެދުވެރިކޮށް ކޭސްތަކާ ބެހޭގޮތުން ހޯދަން ބޭނުންވާ މަޢުލޫމާތު ދިނުން
- އިމަޖެންސީގައި ބަލިމީހާ އެއްތަނުން އަނެއްތަނަށް އުފުލުމަށް ބޭނުންވާ އިންތިޒާމުތައް މެޑިކަލް ޓީމާއި، އޭވިއޭޝަން އޮފީހާއި ސީ-އެމްބިޔުލަންސް މެދުވެރިކޮށް ހަމަޖެއްސުން
މުސާރައާއި އިނާޔަތް :
- އަސާސީ މުސާރަ: -/6000 ރުފިޔާ
- ލިވިންގ އެލަވަންސް: -/3000 ރުފިޔާ (ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ދެވޭނެ)
- އެޓެންޑަންސް އެލަވަންސް: -/2100 ރުފިޔާ (ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ދެވޭނެ)
ކުރިމަތިލުމުގެ ސުންގަޑި:
2017 ސެޕްޓެންބަރު 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން.
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު.
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ސީވީ.
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf
http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf
ޚާއްޞަ ސަމާލުކަމަށް:
- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.