ދިވެހިރާއްޖެ
އިޢުލާން
ކެފޭއެއް / ރެސްޓޯރެންޓެއް ތަރައްޤީ ކުރުމަށް އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ގްރައުންޑު ޕްލޯ ކުއްޔަށް ދޫކުރުން.
ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ތަން : އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ގްރައުންޑް ފްލޯ
ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ މުއްދަތު : 5 އަހަރު ދުވަހުގެ މުއްދަތަށް
ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2017 ސެޕްޓެންބަރ 18 އިން 2017 ސެޕްޓެމްބަރ 20 ގެ 8:00 އިން 16:00 އަށް އެސްޓީއޯ ހެޑް އޮފީސް ރިސެޕްޝަން އަށް ދުރުވެ ރަޖިސްޓްރީ ކުރައްވަން ވާނެއެވެ.
މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2017 ސެޕްޓެމްބަރ 24 ވަނަ ދުވަހުގެ 14:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ޓްރޭޑް ސެންޓަރ ގައި އޮންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ މި ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
ސުވާލު ހުށަހެޅުން: ކެފޭ ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުުވާނަމަ 2017 ސެޕްޓެމްބަރ 27 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected] އަށް ފޮނުއްވުން އެދެމެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުށަހެޅުމުގެ ސުންގަޑިއަކީ 2017 އޮކްޓޯބަރ 04 ވަނަ ދުވަހުގެ 15:00 އެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަދި ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2017 އޮކްޓޯބަރ 04 ވަނަ ދުވަހުގެ 15:00 ގައި އެސްޓީއޯގެ ހެޑް އޮފީހުގައެވެ.
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ގުޅުއްވާނީ:
ފޯނު: 3344204 ، 3344366
އީމެއިލް: [email protected]
14 ސެޕްޓެމްބަރ 2017