ދިވެހިރާއްޖެ
ނަމްބަރ: (IUL)225-AHRI/225/2017/15)
އިޢުލާނު
އެކިދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދްމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އަދި މި ނޫނަސް ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދްމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ހއ.އަތޮޅުގެ ސްކޫލް، މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯއްދާފައިވާ ފަރާތްތަކާއި، އަތޮޅަށް އެންމެ ޚިދްމަތްތެރި ރިޒޯޓަކާއި، އަދި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކާއި، ކްލަބު ޖަމްޢިއްޔާއެއް ފާހަގަކޮށް، އެފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހއ.އަތޮޅު ކައުންސިލުން ޚާއްޞަ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން މި އިނާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހއ.އަތޮޅުގެ ޢާންމު ފަރާތްތަކަށާއި، ރަށުކައުންސިލްތަކަށާއި، ހއ.އަތޮޅުގެ ހުރިހާ ސްކޫލް، މަދަރުސާތަކުގެ ދަރިވަރުންނަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށާއި، ކުލަބް ޖަމްޢިއްޔާތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މި އިނާމަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވެލައްވާ މި ދެންނެވި ފަރާތްތަކުން 14 ސެޕްޓެންބަރ 2017 ވާ ބުރާސްފަތި ދުވަހުން ފެށިގެން 15 އޮކްޓޯބަރ 2017 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ފުރިހަމަކުރައްވައި މި އިދާރާއަށް ނަން ހުށަހެޅުއްވުން އެދެމެވެ. މި އިނާމާ ބެހޭ އިތުރު ތަފްޞީލްތައް މިކަމާބެހޭ އުޞޫލުން ސާފުވެވަޑައިގަންނަވާނެއެވެ. އަދި މި އިނާމް ދިނުމާބެހޭ އުޞޫލު ރަށުކައުންސިލްތަކުންނާއި މި އިދާރާގެ ވެބްސައިޓުންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބިވަޑައިގަންނަވާނެ ވާހަކަވެސް ދެންނެވީމެވެ.
"ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް 2017" ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:
- ޝަރަފްވެރިކަމުގެ އިނާމު
- މަތީދަރަޖަ ހޯދާ ފަރާތްތަކަށް ދެވޭ ޚާއްޞަ އިނާމު
- ހިތްވަރު ދިނުމުގެ އިނާމު
ކައުންސިލުން ދޭ ޚާއްޞަ އިނާމު
- ހިންގުންތެރިކަމުގެ އިނާމު
- ޚާއްޞަ ޚިދުމަތުގެ އިނާމު
21 ޛުލްޙިއްޖާ 1438
12 ސެޕްޓެންބަރ 2017