އިދާރީ މަރުކަޒަށް އެސިސްޓެންޓް ރެޖިސްޓަރަރއެއް ބޭނުންވެއްޖެ
މަޤާމް: އެސިސްޓެންޓް ރެޖިސްޓްރަރ
މަޤާމުގެ ކްލެސިފިކޭޝަން: އެކަޑެމިކް
ބޭނުންވާ ޢަދަދު: 1
މަސައްކަތް ކުރަން ޖެހޭތަން: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
ވަޒީފާގެމުއްދަތު: ޢައްޔަނުކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް
ލިބޭ އުޖޫރައާއި އެހެނިހެން އިނާޔަތްތައް:
- މުވައްޒަފަށް ލިބޭ މުސާރަ އާއި އެލަވަންސް
- މުސާރަ: މަހަކު 12,687/50 ރުފިޔާ
- ސަރވިސް އެލަވަންސް: މަހަކު 5,437/50 ރުފިޔާ
- ޓެނުއަރޝިޕް އެލަވަންސް: މަހަކު 4,000 ރުފިޔާ
- އިތުރުގަޑީގެ ފައިސާ: ޓެނުއަރޝިޕް ތެރޭގައި ހިމަނާފައި
- ކުރީގެ ޢިލްމީ މަސައްކަތަށް ބަލައި މުސާރަ އާއި އެލަވަންސް މަތީ "ސްޕައިން ޕޮއިންޓް" އަކަށް ޕްރޮމޯޓް ވުމުގެ ފުރުޞަތު، އެކެޑެމިކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އޮވެއެވެ.
- ޔުނިވަރސިޓީގެ ރެޖިސްޓްރަރ އޮފީހުގެ މަސައްކަތްތަކަށް ކެނޑިޑޭޓް އަހުލުވެރިވެފައިވާ މިންވަރު އިންޓަރވިއު މަރުހަލާގައި މިންކުރެވޭނެއެވެ.
ތަޢުލީމީ ޝަރުޠުތައް:
- އެސިސްޓަންޓް ރެޖިސްޓްރަރ ކަމަށް ހަމަޖެއްސޭނީ ދަށްވެގެން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ފެންވަރުގެ ސަނަދެއް ޙާޞިލުކޮށްފައިވާ މީހެކެވެ. ޓަރމިނަލް ޑިގްރީއެއް ހަދާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ތަޖުރިބާ:
- މަދުވެގެން 3 އަހަރު ދުވަހުގެ ހިންގުމުގެ ނުވަތަ ޓަރޝަރީ ފެންވަރުގައި ކިޔަވައި ދިނުމުގެ ތަޖުރިބާ ހުރުން.
ވަޒީފާގެ މަސްއޫލިއްޔަތުތަކާއި އެދެވޭ އިތުރު ބައެއް ސިފަތައް:
ވަޒީފާގެ މަސްއޫލިއްޔަތުތަކާއި އެދެވޭ ބައެއް ސިފަތައް ހިމެނޭ މަޤާމުގެ ފުރިހަމަ ވަޒީފާ ބަޔާން ތިރީގައިވާ ޔުނިވަރސިޓީގެ ވެބް ސައިޓުގެ ލިންކުން ލިބޭނެއެވެ.
http://mnu.edu.mv/wp-content/uploads/2016/10/Asst-Registrar_Tenure-and-Allowance.pdf
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް: 24 ސެޕްޓެންބަރު 2017 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އިދާރީ މަރުކަޒަށް.
ހުށަހަޅަންޖެހޭ ލިޔުންތައް:
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ލިބެން ހުންނާނެއެވެ.
http://mnu.edu.mv/wp-content/uploads/2016/10/Job-Application.pdf
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއް ނަމަ، އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ނޯޓް:
- އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާންގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއި އެކު ފޮނުވަން ޖެހޭނެއެވެ.
- އިޢުލާންގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލް ވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނިސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތި ލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
- މި މަޤާމަށް މީހަކު އައްޔަންކުރުމުގައި ޢަމަލުކުރެވޭނީ ޔުނިވަރސިޓީގެ ކައުންސިލުން ފާސްކުރާ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ އީމެއިލް ކުރާނީ [email protected] އަށެވެ.
|