މަސައްކަތް
ނަންބަރު: (IUL) KACL-HO/2017/08
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 10:21
ސުންގަޑި: 24 ސެޕްޓެންބަރު 2017 13:30
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކައްދޫ އެއަރޕޯޓްގެ ބަނދަރު ތޮށިގަނޑު މަރާމާތުކުރުމަށް ބޭނުންވާތަކެތި ހޯދުމާބެހޭ

މި ކުންފުންޏަށް ތިރީގައި މިދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

  • ·         2295 ބަސްތާ ސިމެންތި
  • ·         18360 ސުތުލި ގޯނި

ވީމާ، މިކަމަށް ޝަޢުޤްވެރިވެލައްވާ ފަރާތްތަކުން 2017 ސެޕްޓެމްބަރ 17 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިކުންފުނީގެ މާލެ އޮފީހަށް ނުވަތަ ކައްދޫ އެއަރޕޯޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ސެޕްޓެމްބަރ 24 ވާ އާދިއްތަ ދުވަހުގެ 13:30 އަށް މިކުންފުނީގެ މާލެ އޮފީހަށް ނުވަތަ ކައްދޫ އެއަރޕޯޓް އޮފީހަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކުންފުނީގެ 3011734 ނުވަތަ 9804321 ނަމްބަރާއި ގުޅުއްވުން އެދެމެވެ.

 

23 ޛުލްޙިއްޖާ   1438

14 ސެޕްޓެމްބަރ 2017

 

                 

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ

އަމީރު އަހުމަދު މަގު

މާލެ / ދިވެހިރާއްޖެ

ފޯން: 3011734

އީމެއިލް: [email protected] ނުވަތަ [email protected]

14 ސެޕްޓެންބަރު 2017