މަސައްކަތް
ނަންބަރު: (IUL)387/387/2017/50
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 09:35
ސުންގަޑި: 20 ސެޕްޓެންބަރު 2017 10:30
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބޭސްފިހާރަ ހިންގި ޢިމާރާތާއި، އެޢިމާރާތުގެ ޑޮކްޓަރ ހުންނަ އެޕާޓްމަންޓަށް އަމިއްލަ ތަކެތީގައި ކަރަންޓް ކޭބަލްއަޅައިދޭނެ ފަރާތެއް ހޯދުމާއިބެހޭ

އިޢުލާން

 

ރައްޔިތުންގެ ބޭސްފިހާރަ ހިންގި ޢިމާރާތާއި، އެޢިމާރާތުގެ ޑޮކްޓަރ ހުންނަ

އެޕާޓްމަންޓަށް އަމިއްލަ ތަކެތީގައި ކަރަންޓް ކޭބަލްއަޅައިދޭނެ ފަރާތެއް ހޯދުމާއިބެހޭ

 

                ރައްޔިތުންގެ ބޭސްފިހާރަ ހިންގި ޢިމާރާތާއި، އެ ޢިމާރާތުގައި ހުރި ޑޮކްޓަރ އެޕާޓުމަންޓުގެ ކަރަންޓުގެ ކޭބަލް ހަލާކުވެފައިވާތީ ހުރަވީމަގު ސްކޫލް ގޯތީ ފާރުގައިހުރި ކަރަންޓް ފޮށިން ބޭސްފިހާރަ ހިންގި ޢިމާރާތަށް 18 އިންޗި ފުންމިނުގައި ކޯރުކޮނެ ދޮންވެލި އަޅައި ނުވަތަ އެކަމަށް ބޭނުންކުރާ ޓޭޕު އަޅައިގެން އަމިއްލަތަކެތީގައި އެދެތަނަށް  44 ގެ ކޭބަލް އަޅައި އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

                  ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ބޭނުންވާ ފަރާތްތަކުން 17 ސެޕްޓެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުރެއްވުމަށްފަހު 20 ސެޕްޓެމްބަރ 2017 ވާ ބުދަ ދުވަހުގެ 10:30 ހުގައި މިއިދާރާއަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތައް އެދި އެސްޓިމޭޓް ހުށަހަޅުއްވާ އެއްވެސް ފަރާތެއް މިއިދާރާގެ އެއްވެސް ވެރިޔަކާ ޢާއިލީގުޅުމެއް ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް ވާނަމަ އެކަމުގެ މަޢުލޫމާތު އެސްޓިމޭޓާއެކު ހުށަހަޅާ ލިޔުންތަކާއެކު ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާއެސްޓިމޭޓްތައް ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.

 

                  މިހެންވެ މިކަންއާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

 

                  22 ޛުލްޙިއްޖާ1438

                  13 ސެޕްޓެމްބަރ 2017

13 ސެޕްޓެންބަރު 2017