ދިވެހިރާއްޖެ
ނަމްބަރު: IUL)337-C-AB/337/2017/34)
އިޢުލާން
މިކައުންސިލްގެ ޕިކަޕްގެ ފިއުލް ޕަމްޕް އެޅުވުމައި ބެހޭ:
މިކައުންސިލްގެ އެކިއެކި މަސައްކަތްތައް ކުރުމަށް ބޭނުންކުރާ ޕިކަޕްގެ ފިއުލް ޕަމްޕް އަމިއްލަ ތަކެތީގައި އަޅުވައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
- ޕިކަޕްގެ މަޢުލޫމާތު
ބާވަތް: ޓްރަކް
ޕިކަޕްގެ ބްރޭންޑް: ކިއާ (KIA)
ޕިކަޕްގެ މޮޑެލް ނަމްބަރ: K2 700
އިންޖީނުގެ ސީރިއަލް ނަމްބަރ: J2 536405
2. އަންދާސީ ހިސާބު ހުށަހަޅާނެ ގޮތް:
- ފިއުލްޕަމްޕުގެ އަގާއި އެޅުވަމަށް ދާ އަގު ދިވެހި ރުފިޔާއިން ބަޔާންކޮށްފައި އޮތުން
- މަސައްކަތް ނިންމައިދޭނެ މުއްދަތު.
- މަސައްކަތު ތަޖުރިބާހުރިކަން ބަޔާންކޮށްދޭ ( މަސައްކަތް ނިންމިކަމުގެ) ލިޔުންތައް.
3. މަރްކްސް ދޭ މިންގަނޑުތައް:
| ފޯމިއުލާ | ތަފުސީލު | މާކްސް ދެވޭ ގޮތް | މާކްސްދެވޭ ކްރައިޓީރިއާ | 
| ( ހުށަހެޅުނު އެންމެ ކުޑަ އަގު / ހުށަހެޅި އަގު ) × ކަނޑައެޅިފައިވާ % ގޮތުގައި ބަލައިގެން ނިސްބަތުން މާރކްސް ދެވޭނެއެވެ. | އެންމެ ދަށް އަގަށް 40 ޕޮއިންޓް | 60 | އަގު | 
| ( ހުށަހެޅުނު އެންމެ ކުޑަ މުއްދަތު / ހުށަހެޅުނު މުއްދަތު ) × ކަނޑައެޅިފައިވާ % ގޮތުގައި ބަލައިގެން ނިސްބަތުން މާރކްސް ދެވޭނެއެވެ. | އެންމެ ކުޑަ މުއްދަތަށް 30 ޕޮއިންޓް | 15 | މަސައްކަތް ނިންމާ މުއްދަތު | 
| ތަޖުރިބާ ހުރިތޯ ބަލާނީ މަސައްކަތް ނިންމި ކަމުގެ ލިޔުން ހުށަހެޅުމުންނެވެ. | ތަޖުރިބާ ހުރިކަން އެންގުމަށް މަސައްކަތްކޮށްފައިވާ ކަމުގެ ކޮންމެ ލިޔުމަކަށް 5 ޕޮއިންޓް. އެންމެ ގިނަވެގެން ލިބޭނީ 25 ޕޮއިންޓް | 25 | ފަންނީގޮތުން ޤާބިލްކަމާއި ތަޖުރިބާ ހުރި މިންވަރު | 
4. އަންދާސީ ހިސާބާއިއެކު ހުށަހަޅާންޖެހޭ އެއްޗިހި:
- ވިޔަފާރި ކުންފުންޏެއްނަމަ މިނިސްޓްރީ އޮފް އިކޮނޮމިކްގައި ރަޖިސްޓްރީ ކުރިކަމުގެ ކުންފުނި ރަޖިސްޓްރީގެ ކޮޕީ
- އަމިއްލަ ފަރުދެއްނަމަ މިނިސްޓްރީ އޮފް އިކޮނޮމިކްގައި އަމިއްލަ ފަރުދެއްގެ ގޮތުގައި ރަޖިސްޓްރީކުރި ކަމުގެ ސެޓްފިކެޓްގެ ކޮޕީ
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 18 ސެޕްޓެމްބަރ 2017 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާގެ މީޓިންގް ރޫމްއަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މެއިލް މެދުވެރިކޮށް ފޮނުވާ އަންދާސީ ހިސާބު ބަލައިނުގަނެވޭ ވާހަކަ ދަންނަވަމެވެ.
11 ސެޕްޓެމްބަރ 2017