ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
23 އޮގްސްޓް 2017 ވަނަ ދުވަހު މިމަރުކަޒަށް 5 ކޮމްޕިއުޓަރ ސިސްޓަމް ގަންނަން ބޭނުންވެގެން ކުރި ނަންބަރ: (IUL)GS13-AC/GS13/2017/18 އިޢުލާނާއި ގުޅޭގޮތުން ދަންނަވަމެވެ. 3 ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާތިލްކޮށް މިމަރުކަޒަށް 5 ކޮމްޕިއުޓަރ ސިސްޓަމް ގަންނަން އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި ތަކެތި ވިއްކަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ސެޕްޓެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މިމަރުކަޒުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވައި 19 ސެޕްޓެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިމަރުކަޒުގެ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
12 ސެޕްޓެމްބަރ 2017