ދިވެހިރާއްޖެ
2 ވޮލީ ކޯޓް އަމިއްލަ ތަކެތީގައި އެޅުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުން
ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫގައި ޤާއިމުކުރެވޭ 02 ވޮލީ ކޯޓްގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު 321/321/2017/77 (14/08/2017) އިއުލާނަށް މަޢުލޫމާތު ސާފުކުރުމަށްފަހު، އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން 02 ވޮލީ ކޯޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.
- ޕޮއިންޓް ދެވޭ އުޞޫލު:-
މާރކްސް ދެވޭ ކްރައިޓީރިއާ |
މާރކްސް ދެވޭ ގޮތް |
ތަފްޟީލް |
ފޯމިއުލާ |
އަގު |
70% |
- މާރކސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލްއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗް މާރކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާ އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކސް ލިބޭނީ އެންމެ ކުޑަ އަގަކަށެވެ. |
(Benchmark price/submitted price) x Allocated Percentage |
ތަޖްރިބާ |
10% |
- މާރކްސް ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖްރިބާގެ (އެފަދަ މަސައްކަތް ކޮށްފައިވާކަން ސާބިތުކޮށްދެވޭ ލިޔުންތަކާއެކު) މަސައްކަތުގެ ތެރެއިން އެންމެ ގިނަ މަސައްކަތްކޮށްފައިވާފަރާތަކީ ބެންޗް މާރކެއްކަމުގައި ބަލައިގެން ހުރިހާ ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % ބަހާލައިގެންނެވެ. |
(Profile marks /Bench mark profile marks) x Allocated Percentage |
މުއްދަތު |
20% |
- މާރކްސް ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން މަސައްކަތް ނިންމުމަށް ހުށަހަޅާ އެންމެ ކުރު މުއްދަކީ ބެންޗްމާރކެއްގެ ގޮތުގައި ބަލައިގެންނެވެ. |
Bench mark period /submit period) x Allocated Percentage |
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ސެޕްޓެމްބަރ 20 ވާ ބުދަ ދުވަހުގެ 10:00 ށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ސެޕްޓެބަރ 28 ވާ ބުރާސްފަތި ދުވަހުގެ 10:00 ށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އެސްޓިމޭޓް ތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6600006 މިނަންބަރާ ގުޅުއްވުން އެދެމެވެ. އަމިއްލަ ފަރުދެއްނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. އެސްޓިމޭޓް ބަލައިގަތުން އޮންނާނީ މިއިދާރާގެ މީޓިން ރޫމްގައެވެ.
ވީމާ ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
21 ޛުލްޙިއްޖާ 1438