ދިވެހިރާއްޖެ
`
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަންބަރު: MITDC/IUL/2017/0010
އިޢުލާން
އިންޓަރގްރޭޓެޑް ގެސްޓް ހައުސް ޕްރޮޖެކްޓު ގެ ނަމުގައި ލ.އަތޮޅުގައި ތަރައްޤީކުރާ ލ. ބަރެސްދޫއަށް އިންވެސްޓްކުރުމުގެ ފުރުސަތުހުޅުވާލުން
ބަރެސްދޫ އިންޓަރގްރޭޓެޑް ގެސްޓް ހައުސް ޕްރޮޖެކްޓު' ގެ ނަމުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢުއަށް އިންވެސްޓްކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ހުޅުވާލަމެވެ.
އެގޮތުން މި މަޝްރޫޢާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް 13 ސެޕްޓެމްބަރު 2017 ވާ ބުދަ ދުވަހު 1300 އިން 1700 އަށް ހޮޓެލް ޖެން ގައި ކުރިއަށްދާނެއެވެ. އަދި މި ސެޝަންގައި މި މަޝްރޫޢުއަށް އިންވެސްޓަރުން ހޮވުމުގައި ބެލެވޭނެ ކަންތައްތައް ހިއްސާކުރުމާއެކު، 1430 އަދި 1630 ގައި މަޢުލޫމާތު ދިނުމުގެ ޚާއްސަ ސެޝަންތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ކުއްޔަށް ދޫކުރެވޭ އިމާރާތްތަކުގެ މަޢުލޫމާތު ހިމެނޭ ބިޑް ފޮތް 13 ސެޕްޓެމްބަރު 2017 އިން ފެށިގެން ބައްލަވައިގަންނަން ލިބޭނެއެވެ.
މި ޕްރޮޖެކްޓަށް ޝައުޤުވެރިކަން ފާޅުކޮށް އެންމެހާ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުޞަތު 17 ސެޕްޓެމްބަރު 2017 އިން 25 އޮކްޓޫބަރު 2017 ގެ ނިޔަލަށް ހުޅުވާލައިފައިވާނެއެވެ. މި މުއްދަތުގެ ތެރޭގައި މި ކޯޕަރޭޝަނަށް ހުށަހެޅޭ އެޕްލިކޭޝަންތައް ލިބެމުންދާ ވަރަކުން އިވޭލުއޭޓްކޮށް، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް އެވޯޑް ކުރެވެމުންދާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުން ނުވަތަ ގުޅުއްވުން އެދެމެވެ.
މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
5 ވަނަ ފަންގިފިލާ، ވެލާނާގެ
މާލެ، ދިވެހިރާއްޖެ.
ފޯން: 3019911
ފެކްސް: 3019922
އީ-މެއިލް:[email protected]
ވެބްސައިޓް: www.mitdc.com.mv
21 ޛުލްޙިއްޖާ 1438