ދިވެހިރާއްޖެ
ނަންބަރު: IUL)244-ESMSMS/244/2017/39
އިޢުލާން
ހއ.ތުރާކުނު ކުނިކޮށި އަޕްގްރޭޑް ކުރާ ސަރަޙައްދުން ނަގާފައިވާ ފުނަ ގަސްތަކެއް ސިޓީލައި ނީލަމުގައި ވިއްކާލުމަށް ކައުންސިލްގެ 3 ވަނަ ދައުރުގެ 12 ވަނަ ޢާއްމު ބައްދަލުވުމުން ވަނީ ނިންމާފައެވެ. އަދި މިގަސްތަކަށް އަގުހުށަހެޅޭނީ ހުރިހާ ގަސްތަކެއް އެއްކޮށެވެ. ނީލަން ފެށޭ އަގަކީ 3500.00 (ތިންހާސް ފައްސަތޭކަ) ރުފިޔާއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 12 ސެޕްޓެމްބަރ 2017 ވާ ބުދަ ދުވަހު މިކައުންސިލަށް ގުޅުއްވާ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، ހުށަހަޅާ އެންމެ މަތީ އަގު ލިޔުއްވާ އައި.ޑީ.ކާޑްގެ ކޮޕީއަކާއެކު ސިޓީ އުރައެއްގައި ބަންދު ކުރެއްވުމަށްފަހު 13 ސެޕްޓެމްބަރ 2017 ވާ ބުދަ ދުވަހުން ފެށިގެން މިކައުންސިލަށް ހުށަހަޅުއްވަމުން ގެންދިއުން އެދެމެވެ.
ނީލަން ހުށަހެޅޭ އަގުތަކުގެ ތެރެއިން އެންމެމަތީ އަގު ރަސްމީ ދުވަސްދުވަހުގެ ހެނދުނު 10:00 ފެށިގެން މިއިދާރާގެ ނޯޓިސް ބޯޑްގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމުމަށް ހަމަޖެހިފައިވަނީ ބަންދު ދުވަސް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށެވެ. އަދި މިނީލަން ކުރިއަށްދާނީ 25 ސެޕްޓެމްބަރ 2017 ގެ ނިޔަލަށެވެ.
އަދި ނީލަން ނިމުމުން ފައިސާ ދެއްކުމަށްފަހު ނީލަން ކާމިޔާބުވި ފަރާތް10 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެއެވެ. މިނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކެއް ބައިވެރިވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. އަދި މިކަމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
20 ޛުލްޚިއްޖާ 1438