ދިވެހިރާއްޖެ
އިޢުލާން
ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވެ، މާލެ ކެޓަގަރީ 1 އާއި ކެޓަގަރީ 2 ގެ ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ލިސްޓް އިޢުލާންކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލުން
ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، މާލޭގެ ރަށްވެހިންނަށާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ޢާއިލާތަކަށް ޚާއްޞަކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ތެރެއިން މާލޭގެ ކެޓަގަރީ 1 އާއި ކެޓަގަރީ 2 ގެ ފްލެޓްތަކަށް ޝަރުޠުހަމަވެ ފްލެޓް ލިބޭ ފަރާތްތަކުގެ ފޯމް ނަންބަރުތައް އެނގޭނެ ލިސްޓް ޢާންމުކޮށް އެންގުމުގެ ގޮތުން އިޢުލާންކުރީމެވެ. އަދި މި ލިސްޓް މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv ގައި ޝާއިޢުކުރެވި، މި އިޢުލާން މި މިނިސްޓްރީގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.
ވުމާއެކު، އިތުރަށް ކަމެއް ސާފުުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކާއި، ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ލިޔުމުން ސިޓީ އުރައެއްގައި (ސިޓީއުރައިގެ ބޭރުގައި "މާލެ ކެޓަގަރީ 1 ގެ ފޯމްތަކާ ގުޅޭ" ނުވަތަ " މާލެ ކެޓަގަރީ 2 ގެ ފޯމްތަކާ ގުޅޭ" ޖެއްސެވުމަށްފަހު) މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް، 2017 ސެޕްޓެމްބަރ 17 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
ފްލެޓްތައް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާ ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައެވެ. އަދި މި އިޢުލާންއާއިއެކު ލިސްޓް އެއްކަރުދާސް (އެޓޭޗް) ކުރެވިފައިވާނެއެވެ.
11 ސެޕްޓެމްބަރ 2017